ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ތ އަތޮޅާއި ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 8:15 އިން ފެށިގެން މިއަދު މެންދުރު 13:00 އާ ހަމައަށެވެ.
މ ވަގުތުތަކުގައި ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހި، ގަޑިއަކުު19 މޭލާއ 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި ވިލާގަނޑެއްގައި 50 މޭލަށް ވައި ގަދަވާނެކަމަށް ލަފާ ކުރެވޭ ކަމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ ބުނެފައެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ކަނޑުތައް ގަދަވާނެ ކަމަށެވެ. އެހެން ކަމުން ކަނޑު ދަތުރު ފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށް އެ އިދާރާއިން ވަނީ އެދިލައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް