ދިވެހި ހައްޖުވެރިންގެ އަމީރުލްޙައްޖު ފުރާވަޑައިގެންފި

1444 ވަނަ އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށްޓަކައި ސަޢޫދީ ޢަރަބިއްޔާއަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް މިރޭ ފުރާވަޑައިގެންފިއެވެ. ރައީސުލްޖު...

22 Jun 2023 | 18:53

1444 ވަނަ އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށްޓަކައި ސަޢޫދީ ޢަރަބިއްޔާއަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް މިރޭ ފުރާވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ މި އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ދިޔަ ޙައްޖާޖީންގެ އެންމެހައި ކަންތައްތައް ބެލެހެއްޓެވުމަށްޓަކައި، އަމީރުލްޙައްޖުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަނޑައަޅުއްވާފައެވެ.

ރާއްޖެއަށް މި އަހަރު 1000 ހައްޖު ކޯޓާ ލިބިފައިވާއިރު ރާއްޖެއިން ހައްޖަށްދާ ހުރިހާ ހައްޖުވެރިން މިހާރު ވަނީ ދަތުރުކޮށްފައެވެ. އެންމެ ފަހު ފްލައިޓް ފުރާފައިވަނީ މިދިޔަ އާދީއްތަ ދުވަހުގައެވެ. މި އަހަރު ރާއްޖެއިން ހައްޖަށް ދިޔައީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ތިން ފްލައިޓެއްގައި 874 ހައްޖުވެރިން، ސިސިލްފަރު ގްރޫޕްގެ ހަވާލުގައި 88، ހަރަމައިން ގްރޫޕްގެ ހަވާލުގައި 86 އަދި މަނާސިކް ގްރޫޕްގެ ހަވާލުގައި 86 ހައްޖުވެރިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް