ބަންގްލަދޭޝްގައި ބޮޑު ހައްޖު ސްކޭމެއް: 553 މީހެއްގެ އަތުން ފައިސާ ނެގުމަށްފަހު ފިލައިފި

ބަންގްލަދޭޝްގައި މި ހައްޖު މޫސުމުގައި ބޮޑު ސްކޭމެއް ހިންގައިފިއެވެ. އެގޮތުން 553 މީހެއްގެ އަތުން ފައިސާ ނެގުމަށްފަހު ހައްޖަށް މީހުން ގެންގޮސްދޭ އޭޖެންސީއެއްގެ ވެރިޔަކު ވަނީ ފިލާފައެވެ. ބަންގްލަދޭޝް މީ...

22 Jun 2023 | 15:40

ބަންގްލަދޭޝްގައި މި ހައްޖު މޫސުމުގައި ބޮޑު ސްކޭމެއް ހިންގައިފިއެވެ.

އެގޮތުން 553 މީހެއްގެ އަތުން ފައިސާ ނެގުމަށްފަހު ހައްޖަށް މީހުން ގެންގޮސްދޭ އޭޖެންސީއެއްގެ ވެރިޔަކު ވަނީ ފިލާފައެވެ.

ބަންގްލަދޭޝް މީޑިއާގައި ރިޕޯޓްކޮށްފައިވާގޮތުގައި މިކަން ކޮށްފައިވަނީ އެސްއެން ޓްރެވަލްސް ނަމަކަށް ކިޔާ އޭޖެންސީއަކުންނެވެ. އެ އެޖެންސީގެ ވެރިޔާ މުހައްމަދު ޝާހް އާލަމް ފިލާފައިވާއިރު އޭނާ ހޯދުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

553 މީހެއްގެ އަތުން ފައިސާ ނެގުމަށްފަހު އޭޖެންސީގެ ވެރިޔާ ފިލާފައިވީނަމަވެސް އެ އެންމެންނަށް މި އަހަރު ހައްޖަށް ދެވޭނެ އިންތިޒާމު އެ ގައުމުގެ "ހައްޖު އޭޖެންސީސް އެސޯސިއޭޝަން ބަންގްލަދޭޝް" (ހާބް) އިން ވަނީ ހަމަޖައްސާފައެވެ.

ބަންގްލަދޭޝްގައި ހައްޖަށް ދިއުމަށް އެ ގައުމުގެ ފައިސާއިން ނަމަ ހަތް ލައްކަ ޓާކާ ދައްކަން ޖެހެއެވެ. އެ އަދަދުން ބަލާނަމަ މުހައްމަދު ޝާހް އާލަމް ފިލާފައިއެވަނީ އެ ގައުމުގެ ފައިސާއިން ބަލާނަމަ374 މިލިޔަން ރުފިޔާ ހިފައިގެންނެވެ. ދިވެހި ފައިސާއިން ބަލާނަމަ އެއީ53 މިލިޔަން ރުފިޔާއެވެ.

އެގޮތުން އެ ގައުމުގެ ބޭންކްތަކާއި ސަރުކާރުގެ އެހީތެރިކަމާއި އަދި ސައޫދީ އަރަބިއްޔާގެ ކަމާބެހޭ ފަރާތްތަކުގެ އެހީތެރިކަމާއެކު އެ އެންމެންނަށް މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރެވޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާކަމަށާއި މިހާރު ބައެއް ފަރާތްތަކުން މަދީނާއަށް ފުރާފައިވާކަމަށްވެސް ހާބުން ބުނެފައިވެއެވެ.

ހާބުން ބުނެފައިވަނީ މުހައްމަދު ޝާހް އާލަމް ހޯދައި، އަދަބު ދޭނެކަމުގެ ޔަގީންކަން އަރުވާކަމަށާއި އެފަދަ ބޮޑު ކުށެއްކުރުމަށްފަހު ފިލައިގެން ނޫޅެވޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް