ފަލަސްތީނުގެ އަވަށަކަށް އިޒްރާއީލްގެ ބަޔަކު ހަތިޔާރާއިއެކު އަރައި އެކަކު ޝަހީދުކޮށްލައި ބޮޑު ހައިޖާނުގަނޑެއް ހިންގައިފި

ބުދަ ދުވަހު ފަލަސްތީނުގެ ތުރުމުސައްޔަ އަވަށަށް އިޒްރާއީލްގެ ގިނައަދަދެއްގެ ބަޔަކު ހަތިޔާރާއިއެކު އަރައި ފަލަސްތީނުގެ އެކަކު ޝަހީދުކޮށްލައި 12 މީހަކު ޒަހަމްކޮށްލައިފިއެވެ. މިއީ ހަމާސް ގެ ހަމަލާތަކެއްގަ...

22 Jun 2023 | 14:40

ބުދަ ދުވަހު ފަލަސްތީނުގެ ތުރުމުސައްޔަ އަވަށަށް އިޒްރާއީލްގެ ގިނައަދަދެއްގެ ބަޔަކު ހަތިޔާރާއިއެކު އަރައި ފަލަސްތީނުގެ އެކަކު ޝަހީދުކޮށްލައި 12 މީހަކު ޒަހަމްކޮށްލައިފިއެވެ.

މިއީ ހަމާސް ގެ ހަމަލާތަކެއްގައި އިޒްރާއީލްގެ ހަތަރު މީހަކު މަރުވުމާއި ގުޅިގެން ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާއެކެވެ. 400 އަކަށް އިޒްރާއީލުގެ މީހުން ބައިވެރިވެގެން ދިން މިހަމަލާގައި އެތައް ގެއަކާއި، ކާރަކާއި، އަދި ރުއްގަހުގައި ހުޅުވެސް ޖަހާފައިވެއެވެ. މިހަމަލާވަނީ އިޒްރާއީލްގެ ބޮޑުވަޒީރުވެސް ކުއްވެރިކޮށްފައެވެ.

އިޒްރާއީލްއާއި ފަލަސްތީނުގެ މަޝްރަހު އަނެއްކާވެސް ހޫނުވެފައި މިވަނީ އިޒްރާއީލުން ވެރިވެގެންފައިވާ ފަލަސްތީނުގެ ބިންތަކުގައި އިތުރު 1000 ގެ އަޅަން އިޒްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިއުލާނުކުރުމާއި ގުޅިގެންނެވެ.

އދ ގެ ހިސާބުތަކުން ދައްކާގޮތުގައި ޖޫންމަހުގެ 12 ވަނަ ދުވަހާއިހަމައަށް އިޒްރާއީލް ސިފައިންގެ ހަމަލާތަކުގައި ފަލަސްތީނުގެ 114 މީހަކު މަރާލާފައިވާއިރު، ފަލަސްތީނުގެ ހަމަލާތަކުގައި އިޒްރާއީލުގެ 19 މީހަކު މަރުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް