މާލެ ކައިރިއަށް ފީނަން ފޭބި އަންހެނަކަށް މިޔަރެއް ހަމަލާދީފި – އައިސީޔޫގައި ފަރުވާ ކުރިއަށް

މާލޭ ކައިރި ސަރަހައްދަކަށް ފީނަން ފޭބި ފަތުރުވެރިއަކަށް މިޔަރެއް ހަމަލާ ދިނުމުން ފަރުވާ ދޭން ފަށައިފިއެވެ. ދުވަހަށް މައުލޫމާތުދެއްވަމުން އައިޖީއެމް ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލު ވިދާޅުވީ އައިޖީއެމް ހޮސ...

22 Jun 2023 | 12:43

މާލޭ ކައިރި ސަރަހައްދަކަށް ފީނަން ފޭބި ފަތުރުވެރިއަކަށް މިޔަރެއް ހަމަލާ ދިނުމުން ފަރުވާ ދޭން ފަށައިފިއެވެ.

ދުވަހަށް މައުލޫމާތުދެއްވަމުން އައިޖީއެމް ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލު ވިދާޅުވީ އައިޖީއެމް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން އަންނަނީ އުމުރުން 27 އަހަރުގެ އަންހެނަކަށް ކަމަށެވެ. އެއީ ފަތުރުވެރިއެއް ކަމުގައި މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އެ ފަތުރުވެރިޔާ ފީނަން ފޭބީ ކޮން ދިމާއަކަށް ކަން ސާފެއް ނޫނެވެ. އަދި ލިބުނު އަނިޔާގެ ތަފްސީލުވެސް އަދި ލިބިފައެއް ނުވެއެވެ.

އެހެން ނަމަވެސް، ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި އަންހެން މީހާގެ ގައިގާ ގިނަ އަދަދަކަށް ލޭ އޮތް މަންޒަރު ފެނެއެވެ. އެ ވީޑިއޯއިން ފެންނަނީ އެ އަންހެން މީހާ ނަގައިގެން ޕިކަޕަކަށް ލައިގެން ގެންދާ މަންޒަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް