އެ ބޭފުޅުން ޖޭޕީ ދޫކުރެއްވުމަކީ އާ ކަމެއް ނޫން – ސަރުކާރުން މީޑިއާ ސްޓަންޓް ޖައްސަވަނީ ރައްޔިތުން މާޔޫސް ކުރުވަން: އިލްހާމް

ސަރުކާރު މަގާމުތަކުގައި ތިއްބެވި ބޭފުޅުން ޖޭޕީ ދޫކުރެއްވުމަކީ އާ ކަމެއް ނޫން ކަމަށާއި ސަރުކާރުން މީޑިއާ ސްޓަންޓް ޖައްސަވަނީ ބަލިކަށިވެ ގޮތް ހުސްވެ ރައްޔިތުން މާޔޫސް ކުރުވަން ކަމުގައި ޖުމްހޫރީ ޕާޓީގެ ލ...

22 Jun 2023 | 09:07

ސަރުކާރު މަގާމުތަކުގައި ތިއްބެވި ބޭފުޅުން ޖޭޕީ ދޫކުރެއްވުމަކީ އާ ކަމެއް ނޫން ކަމަށާއި ސަރުކާރުން މީޑިއާ ސްޓަންޓް ޖައްސަވަނީ ބަލިކަށިވެ ގޮތް ހުސްވެ ރައްޔިތުން މާޔޫސް ކުރުވަން ކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމްގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހްމަދު ވިދާޅުވެއްޖެއެވެ.

އިލްހާމް މިހެން ވިދާޅުވީ ކުރިން ޖޭޕީން ވަކިވި ބަޔަކު އިއްޔެ އެމްޑީޕީއަށް ސޮއި ކުރި ސޮއިކުރުމަށް އިޝާރާތް ކުރައްވައެވެ.

"ޖޭޕީ ސްލޮޓްތަކުގައި ސަރުކާރުގެ މަޤާމްތަކުގައި  ތިއްބެވި ބޭފުޅުންޖޭޕީ ދޫކޮށް ވަޑައިގަތުމަކީ އާކަމެއް  ނޫން. އެއީ މިއަދަކު އެބޭބޭފުޅުން ނިންމެވި  ނިންމެވުމެއްވެސް ނޫން. މިދިޔަ ރަމަޟާން މަހުވެސް އެބޭފުޅުން ޖޭޕީ ދޫކުރެއްވިކަމަށް ސަރުކާރު ކޮންޓްރޯލްކުރާ ނޫސްތަކުން ބޮޑެތި ޚަބަރު ހެދި." އިލްހާމް ވިދާޅުވެފައިވެއެވެ.

ސިޔާސީ މަޤާމްތަކުގައި ތިއްބެވި ބޭފުޅުންގެ  ތެރެއިން ބައެއް ބޭފުޅުންނަށް އަދިވެސްދަނީ  ވަޒީފާގެ ބިރާއި، ނުފޫޒް ފޯރުވަމުން އަންނަ ކަމުގެ ތުހުމަތު ކުރައްވަމުން އިލްހާމް ވިދާޅުވީ މިކަމަކީ އާ ކަމެއްނޫން ކަމަށާއި ކުރީގެ ސަރުކާރު ތަކުންވެސް ބަލިކަށިވެ، ގޮތްހުސްވީމަ،  ރައްޔިތުން މާޔޫސްކުރުވަން މިފަދަ މީޑިއާ  ސްޓަންޓް ޖައްސަވާ ކަމަށެވެ.

"ސަރުކާރުގެ ތަފާތު ހިސާބްތަކުން ދައްކާގޮތުން ޖޭޕީގެ %25 ޝެއަރ އަށް 350 ސިޔާސީ މަޤާމް  ދެއްވަންޖެހޭ! ، އަޅުގަނޑުމެންގެ ހިސާބް ދައްކާގޮތުންސަރުކާރުގެ ތިއްބެވި ބޭފުޅުންގެ އަދަދު 40 ވެސް ނާރާ" އިލްހާމްގެ އެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

https://twitter.com/ilhammaldives/status/1671802018850275331

އިލްހާމް އިތުރަށް ވިދާޅުވެފައިވަނީ ސަރުކާރުން ކިތެއްމެ އުނދަގޫ،  ދަތިހާލެއްޖެއްސިޔަސް، ޖުމްހޫރީ ޕާޓީ ދާނީ ކުރިއަށް ކަމަށާއި 2023 ކާމިޔާބު ކުރާނީ ރައްޔިތުންގެ ސީދާ ވޯޓުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް