މި އަހަރު ހިނގި އަލިފާނުގެ އަށް ހާދިސާއެއްގައި ލިބުނު ގެއްލުންތަކަށް އެހީވުމަށް އެ ފަރާތްތަކަށް މިލިޔަނަކަށް ވުރެ ގިނަ ރުފިޔާ

މި ހިނގާ 2023 ވަނަ އަހަރުގެ މިހާތަނަށް އަލިފާނުގެ ހާދިސާތަކުގައި ލިބުނު ގެއްލުންތަކަށް އެހީގެ ގޮގުގައި މިލިޔަނަކަށްވުރެ ގިނަ ރުފިޔާ ފޯރުކޮށްދެވިފައިވާނެކަމުގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓ...

22 Jun 2023 | 08:37

މި ހިނގާ 2023 ވަނަ އަހަރުގެ މިހާތަނަށް އަލިފާނުގެ ހާދިސާތަކުގައި ލިބުނު ގެއްލުންތަކަށް އެހީގެ ގޮގުގައި މިލިޔަނަކަށްވުރެ ގިނަ ރުފިޔާ ފޯރުކޮށްދެވިފައިވާނެކަމުގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެގޮތުން އެންޑީއެމްއޭއިން މިއަދު ހާމަކުރި އަދާހަމައިގާ ބުނެފައިވަނީ މި އަހަރުގެ މިހާތަނަސް އަށް ރަށަކުން އަށް ގެއަކަށް ބޮޑެތި ގެއްލުންތަކެއް އެ އޮތޯރިޓީއަށް ރިޕޯޓްކުރި ކަމަށެވެ.

"އެ ފަރާތްތަކަށް ޖުމްލަ 1،12594.6 (އެއް މިލިއަން އެއް ލައްކަ ފަންސަވީސް ހާސް ނުވަސަތޭކަ ސާޅީސް ރުފިޔާ ފަސްދޮޅަސް ލާރި) މި އޮތޯރިޓީން ވަނީ ފޯރުކޮށްދެވިފައި" އެންޑީއެމްއޭއިން ބުނެފައިވެއެވެ.

އެ އަދާހަމައިގާ ވާގޮތުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ރަށްތަކާއި އަދަދުތައް:

  • ރ. އުނގޫފާރު – 86،630
  • ސ. ފޭދޫ – 179،400
  • ހދ. މަކުނުދޫ – 160،441.6
  • ހދ. ނެއްލައިދޫ – 35،665
  • ސ. ހިތަދޫ – 191،640
  • ހއ. ފިއްލަދޫ – 227،872
  • ގދ. ގައްދޫ – 81،281.6
  • އއ. ތޮއްޑޫ – 163،020

އެންޑީއެމްއޭއިން ބުނެފައިވާގޮތުގައި މި ހާދިސާތަކާއި ގުޅިގެން 17 ފަރާތަކަށް ވަގުތީ ބޯހިޔާވަހިކަމާއި، އަންނައުނާއި، ކައްކައި ކެވޭނެ އިންތިޒާމު ހަމަޖައްސައިދެވުނެވެ.

ވޭތުވެދިޔަ ފަސް އަހަރަށް ބަލާއިރު އަލިފާނުގެ ހާދިސާތަކުގައި ގެދޮރަށް ބޮޑެތި ގެއްލުންތައް ލިބިގެން އެ އޮތޯރިޓީއަށް ރިޕޯޓްކޮށްފައިވާ މިންވަރު އިތުރުވެފައިވާކަން އެ އޮތޯރޓީން ފާހަގަކުރެއެވެ.

އެގޮތުން 2019 ވަނަ އަހަރު 14 ހާދިސާ، 2020 ވަނަ އަހަރު އަށް ހާދިސާ، 2021 ވަނަ އަހަރު 16 ހާދިސާ، 2022 ވަނަ އަހަރު 65 ހާދިސާ އަދި މި އަހަރުގެ މިހާތަނަށް 31 ހާދިސާއެއް ރިޕޯޓްކޮށްފައިވާކަން އެ އޮތޯރިޓީން ފާހަގަކުރެއެވެ.

އެންޑީއެމްއޭއިން ބުނެފައިވާގޮތުގައި ވޭތުވެދިޔަ ފަސް އަހަރު ހިނގާފައިވާ އަލިފާނުގެ ހާދިސާތަކުގައި ގެއްލުން ލިބުނު ފަރާތްތަކަށް "ކާރިސާތަކުގައި އެހީދިނުމުގައި ގެންގުޅޭ މިންގަނޑު"ގެ ދަށުން 19،023،144.29 (ނަވާރަ މިލިއަން ތޭވީސް ހާސް އެއް ސަތޭކަ ސާޅީސް ހަތަރު ރުފިޔާ ނަވާވީސް ލާރި) އެހީގެ ގޮތުގައި ފޯރުކޮށްދީފައިވެއެވެ.

އަލިފާނުގެ ހާދިސާތައް ހިނގައިގެން އަތޮޅުތެރެއިން ރިޕޯޓްކުރާ މިންވަރު އިތުރުވަމުން އަންނަކަން އެންޑީއެމްއޭއިން ފާހަގަކުރާއިރު އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް އެޅުމާއި، ގޭސް އަދި ކަރަންޓު ބޭނުން ކުރުމުގައި ރައްކާތެރިވުމާއި، ގޯތި ގެދޮރާއި އަގުބޮޑު މުދަލުގެ އިތުރުން ވިޔަފާރިތައް އިންސުއަރަންސް ކުރުމަށްވެސް އެންޑީއެމްއޭއިން އިލްތިމާސް ކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް