އަޟްހާ އީދުގެ ނަމާދުކުރުން ބޮޑު ޖަމާއަތުގައި ބޭއްވިގެންދާނީ މާލެއާއި މާލެ ކައިރި ސަރަހައްގުދައި ހަތަރު ތަނެއްގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އެގޮތުން ހަމަޖައްސާފައިވަނީ މާލޭ ސްޓޭޑިއަމާއި، ހުޅުމާލޭ ސިންތަޓިކް ޓްރެކާއި، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކްރިކެޓް ސްޓޭޑިއަމްގެ އިތުރުން ވިލިނގިލީގެ ބޯޅަދަނޑުގަގައެވެ.
މީގެ އިތުރުން މާލެއާއި ހުޅުމާލެއާއި ވިލިމާލޭ ހިމެނޭހެން އިތުރު 25 މިސްކިތެއްގައިވެސް ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް މި މިނިސްޓްރީން ވިދާޅުވެފައިވެއެވެ. އެއީ މާލޭގެ 17 މިސްކިތަކާއި، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ 3 މިސްކިތަކާއި، ދެވަނަ ފިޔަވަހީގެ 2 މިސްކިތެއްގެ އިތުރުން ހުޅުލޭގެ 2 މިސްކިތަކާއި، ވިލިމާލޭގެ މިސްކިތްތަކެވެ.
ބޮޑު ޖަމާއަތެއްގައި އީދު ނަމާދުކުރުމަކީ މިހާރު ކޮންމެ އީދެއްގައި ވެސް މާލެ އަދި ރާއްޖޭގެ އެކި ކަންކޮޅުގައިތަކުގައި އޮންނަ ކަމެކެވެ. ކަލަންޑަރުގައިވާގޮތުން އަޟްޙާ ޢީދު ދުވަހަކީ މިއަންނަ ހަފްތާގެ ބުދަދުވަހެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް