ޢީދު ދުވަހާއި ވަޅު ޢީދު ދުވަހު އާންމުން އެދޭ ސަރަހައްދުތައް ބަންދު ކޮށްދިނުމަށް މާލެ ސިޓީ ކައުންސިލުން ނިންމާފައިވާކަމުގައި އެ ކައުންސިލުން ބުނެފިއެވެ.
މި ނިންމުން ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލުގެ 4 ވަނަ ދައުރުގެ 107 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ.
އެ ކައުންސިލުން ބުނެފައިވާގޮތުގައި މި ނިންމުން ނިންމީ އެކިއެކި ބޭފުޅުން އެބޭފުޅުން ދިރިއުޅުއްވާ ސަރަހައްދު ބަންދުކޮށްގެން ޢީދު ފާހަގަ ކުރުމަށް ކުދިކުދި ހަރަކާތް ހިންގުމަށް މަގު ފަހި ކުރުމަށާއި ކުރީ ފަހަރުތަކާއި ހިލާފަށް ހުރިހާ މަގެއް މަގެއްގައި ދުއްވާތަކެތި ދުއްވުން މަނާ ކުރުމުން އާންމު ފަރާތްތަކަށް ދިމާވާ ދަތިތައް ނައްތާލުމަށެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މާލެ ސިޓީގެ މޭޔަރ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވީ މިފަދައިން ކަންތައް ކުރުމުގެ ސަބަބުން ޢީދުކުޅިވަރުތައް ކުރިއަށް ގެންދިއުމަށް އެދިލައްވާފައިވާ ފަރާތްތަކަށާއި ތުއްތުކުދިން ގޮވައިގެން ހިނގާލަން ނުކުންނަން ބޭނުންވާ ފަރާތްތަކަށާއި އަދި ދުއްވާތަކެތީގައި އުޅޭ ފަރާތްތަކުގެ މަސައްކަތަށް ވެސް ބުރޫނާރާ ގޮތަކަށް މި ދެދުވަހުގެ ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް