ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި ރައީސް ނަޝީދު އިންނަވައިގެން ޖަލްސާ ފައްޓަވައިފިއެވެ.
ރައީސް ނަޝީދު ރިޔާސަތަށް އަލުން ވަޑައިގެންފައިވާއިރު، ވައްދާފައިވާ އިތުބާރުގެ މައްސަލަތައް ހުއްޓާ ރިޔާސަތުގައި އިނދެވެން ނެތްކަމުގައި އަންގަވައި އެއްކިބާވެފައި ވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިއަދު ރިޔާސަތު ބަލަހައްޓަވަން ނިންމެވީ އެމަނިކުފާނުގެ އުޒުރުތަކަށްވުރެ މަތީ މަސްލަހަތެއް ހިފަހައްޓަން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.
އެގޮތުން ރައީސް ނަޝީދު ވިދާޅުވީ މިއަދު ރިޔާސަތާ ހަވާލުވެލެއްވީ ރައްޔިތުންގެ އަދި ރާއްޖޭގެ މަސްލަހަތުގައި ކަމަށެވެ.
"ހިތާމަކުރަން ދައުލަތުގެ ބާރުތަކުން އަދި މެޖޯރިޓީ ޕާޓީން މައްސަލަ ހައްލުކުރަން އެހީތެރިވެފައި ނުވާތީ" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ގަބޫލުފުޅުކުރައްވާގޮތުގައި މަޖިލިސް ހުއްޓެން މެދުވެރިވީ ރައީސާއި ނައިބު ރައީސްގެ އިތުބާރުގެ މައްސަލަ އެކުގައި ވެއްދުމުން ކަމުގައި ގަބޫލުފުޅު ކުރައްވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް