މިދިޔަ އަހަރެކޭ އެއްފަދައިން މި އަހަރުވެސް ހައްޖުގެ އަޅުކަން އަދާކުރުމަށް އެއްތަނުން އަނެއް ތަނަށް ދަތުރުކުރުމުގައި ފަސޭހަކޮށްދިނުމުގެ ގޮތުން 1000 އީ-ސްކޫޓަރ ހިދުމަތަށް ނެރެފައިވާނޭކަމަށް ސައޫދީ ޓްރާންސްޕޯޓް ޖެނެރަލް އޮތޯރިޓީ (ޓީޖީއޭ) އިން ބުނެފިއެވެ.
އެގޮތުން ޓީޖީއޭއިން ބުނެފައިވަނީ އީ ސްކޫޓަރ ބޭނުން ކުރުމަށް ހާއްސަ ދެ ލޭނެއް ކަނޑައެޅިފައިވާނެކަމަށާއި ދެކޮޅަށް ދުއްވޭހެން ފަރުމާކޮށްފައިވޭ އެ ދެލޭނުގެ ދިގުމިނުގައި ދެ ކިލޯމީޓަރު ހުންނާނެ ކަމަށެވެ. އަދި މި ލޭނުތައް ފަރުމާކޮށްފައިވާނީ ދުއްވާ އެހެން އުޅަނދުތަކާއި ހިނގާ މީހުންނަށް ދަތި ނުވާނޭހެން ކަމުގައިވެސް ބުނެފައިވެއެވެ.
މި އީ-ސްކޫޓަރތައް ބޭނުންކުރާނެ ގޮތް ބުނެދިނުމަށާއި މިކަމަށް ހޭލުންތެރި ކުރުވުމަށް ހާއްސަ ޓީމެއް މަސައްކަތް ކުރަމުން އަންނާނެ ކަމުގައިވެސް ޓީޖީއޭއިން ބުނެފައިވެއެވެ.
މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ދެ މިލިޔަނަށްވުރެ ގިނަ މުސްލިމުން ބައިވެރިވާނެކަމަށް ބެލެވޭއިރު މިހާތަނަށް 1.3 މިލިޔަން މުސްލިމުން ސައޫދީ އަރަބިއްޔާއަށް ދަތުރުކޮށްފައިވާކަމަށް އެ ގައުމުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް