ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މި އަހަރު ހައްޖަށް ދާ މީހުންގެ ތެރެއިން މިހާތަނަށް 1.3 މިލިޔަން ހައްޖުވެރިން ސައޫދީ އަރަބިއްޔާއަށް ދަތުރުކޮށްފައިވާކަމަށް އެ ގައުމުގެ "ދަ ޖެނެރަލް ޑިރެކްޓޮރޭޓް އޮފް ޕާސްޕޯޓްސް" އިން ހާމަކޮށްފިއެވެ.
އެގޮތުން މިހާތަނަށް އެކު ޖުމްލަ 1،342،351 ހައްޖުވެރިން އެ ގައުމަށް އެތެރެވެފައިވާކަމަށް ބުނެފައިވެއެވެ. އެއީ ވައިގެ މަގުން 1،280،240 ހައްޖުވެރިން ގުޅިފައިވާ ބިންތަކާއި ގައުމުތަކުން 57،463 ހައްޖުވެރިން އަދި ކަނޑުމަގުން 4،648 އެވެ.
ރާއްޖެއަށް މި އަހަރު 1000 ހައްޖު ކޯޓާ ލިބިފައިވާއިރު ރާއްޖެއިން ހައްޖަށްދާ ހުރިހާ ހައްޖުވެރިން މިހާރު ވަނީ ދަތުރުކޮށްފައެވެ. އެންމެ ފަހު ފްލައިޓް ފުރާފައިވަނީ މިދިޔަ އާދީއްތަ ދުވަހުގައެވެ. މި އަހަރު ރާއްޖެއިން ހައްޖަށް ދިޔައީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ތިން ފްލައިޓެއްގައި 874 ހައްޖުވެރިން، ސިސިލްފަރު ގްރޫޕްގެ ހަވާލުގައި 88، ހަރަމައިން ގްރޫޕްގެ ހަވާލުގައި 86 އަދި މަނާސިކް ގްރޫޕްގެ ހަވާލުގައި 86 ހައްޖުވެރިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް