ހައްޖު ދުވަސް ގާތްވެފައިވާއިރު އަދި ހައްޖުގެ މަތިވެރި އަޅުކަމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ލައްކަ ބަޔަކު މަދީނާއަށް ދަތުރުކުރަމުން އަންނައިރު ހައްޖާއި ގުޅުންހުރި ސްކޭމްތަކަށް ވަރަށް ބޮޑަށް ސަމާލުވުމަށް ސައޫދީ އަރަބިއްޔާގެ ސައޫދީ ޕަބްލިކް ސެކިއުރިޓީއިން އިލްތިމާސްކޮށްފިއެވެ.
އެގޮތުން އެހެން މީހުންގެ މައްޗަށް ހައްޖު ކޮށްދިނުމާއި، އުޟްހިޔާ ކަތިލައިދިނުމާއި ހައްޖު ބްރޭސްލެޓްސް ވިއްކުމާއި ދަތުރުފަތުރުގެ އިންތިޒާމުގެ އިސްތިހާރުތައް ސޯޝަލް މީޑިއާގައި ދައުރު ކުރި ނަމަވެސް އެފަދަ އިސްތިހާރުތަކަށް އިޖާބަ ދިނުމުގައި ވަރަށް ބޮޑަށް ސަމާލުވާންޖެހޭކަން ފާހަގަކޮށްފައިވެއެވެ.
ހާއްސަގޮތެއްގައި އުޟްހިޔާ ކަތިލުމުގެ ހިދުމަތަށް ބަލާލި ނަމަވެސް އެކަމަކީ ސްކޭމްކުރާ ފަރާތްތަކުން މަކަރާއި ހީލަތުން ފައިސާ ހޯދަން މަސައްކަތްކުރާ އެއް ހިދުމަތްކަން ވަކިން ހާއްސަގޮތެއްގައި ފާހަގަކޮށްފައިވެއެވެ. އަދި އެކަމުގެ ރަސްމީ ހުއްދައަކީ "ޔުޓިލައިޒޭޝަން އޮފް ސެކްރިފިޝަލް އެނިމަލްސް" ޕްރޮޖެކްޓަކީ އެކަމާއިގުޅޭ އޮފިޝަލް އޮތޯރިޓީކަން ފާހަގަކޮށް އެކަމުގެ މައުލޫމާތު ރަސްމީ ސިފައެއްގައި އެކަމަށް ހާއްސަ ވެބްސައިޓް "adahi.org" އިން ލިބެން ހުންނާނެކަންވެސް ފާހަގަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް