އެންޓޯނީ ހޯދުމާއި ގާތަށް ޔުނައިޓެޑުން ޖެހިލައިފި

ނިމިގެން ދިޔަ ސީޒަނުގައި ކުރިމަތިވި ބޮޑު ނާކާމިޔާބީ އާއި ހިތްދަތި ކަމުން އަރައިގަތުމަށް މެންޗެސްޓަރ ޔުނައިޓެޑުން ދަނީ ރަނގަޅު ފެންވަރުގެ ކުޅުންތެރިން ކުލަބަށް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުނ...

22 Jun 2022 | 18:26

ނިމިގެން ދިޔަ ސީޒަނުގައި ކުރިމަތިވި ބޮޑު ނާކާމިޔާބީ އާއި ހިތްދަތި ކަމުން އަރައިގަތުމަށް މެންޗެސްޓަރ ޔުނައިޓެޑުން ދަނީ ރަނގަޅު ފެންވަރުގެ ކުޅުންތެރިން ކުލަބަށް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އެ ކުލަބުން މިހާތަނަށް އެންމެ ބޮޑަށް މަސައްކަތް ކޮށްފައިވަނީ ސްޕެއިންގެ ބާސެލޯނާއަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ މިޑްފީލަޑަރ ފްރެންކް ޑީޔޮން ހޯދުމަށެވެ. ނަމަވެސް ބާސާއިން އޭނާ ދޫކުރަން ކިޔާ އަގު ބޮޑުވުމުން ޔުނައިޓެޑުން މިވަގުތު ވަނީ އެ ޑީލްގެ ކަންތައް މަޑުޖައްސާލާފައެވެ.

އެހެން ކަމުން ދެވަނައަށް ޔުނައިޓެޑުން ކުރަމުން އަންނަ މަސައްކަތަކީ މިވަގުތު ނެދަލެންޑްސްގެ އަޔެކްސްއަށް ކުޅެމުން އަންނަ ބްރެޒިލްގެ ޒުވާން ވިންގަރ އެންޓޯނިއޯ މަތިއަސް ޑޮސް ސަންޓޮސް ހޯދުމަށެވެ. އެންޓޯނިއޯ އަކީ ޔުނައިޓެޑުގެ ދެވަނަ ޓާގެޓެވެ. ނަމަވެސް މިވަގުތު އެންމެ އިސްކަމެއް ދީގެން ޔުނައިޓެޑުން އެންޓީނިއޯ ހޯދުމަށް މަސައްކަތް ކުރަމުން އަންނައިރު، އެ މަސައްކަތް ކާމިޔާބު ވުމާއި ދާދި ދާތައް ޖެހިލާފައިވާ ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން އަޔެކްސް އިން އެންޓޯނިއޯގެ އަގެއް ގޮތުގައި ހަމަ ޖައްސާފައިވަނީ 40 މިލިއަން ޕައުންޑެވެ. ޔުނައިޓެޑުން މިހާރު އަންނަނީ އެންޓޯނިއޯ ހޯދުމަށް އަޔެކްސް އިން ކަނޑައަޅާފައިވާ 40 މިލިއަން ޕައުންޑްގެ އަގު ހުށައެޅުމަށް ތައްޔާރުވަމު ކަމަށް ވެސް ރިޕޯޓުތައް ބުނެފައެވެ.

އެންޓޯނިއޯ އަކީ ޔުނައުޓެޑުގެ މިހާރުގެ ކޯޗު ޓޭން ހާގުގެ ވަރަށް ފޭވަރިޓް ކުޅުންތެރިއެކެވެ. ބްރެޒިލްގެ ގައުމީ ސްކޮޑުގައި ވެސް ހިމެނޭ ހުނަރުވެރި މިޑްފީލްޑަރ އެންޓޯނިއޯ ޔުނައިޓެޑަށް ގެނައުމަކީ މާ ކުރިންވެސް ޓޭންހާގުގެ ވިސްނުމެކެވެ.

ބްރެޒިލްގެ ސައޯޕައޯލޯއިން 2020 ވަނަ އަހަރު އަޔެކްސް އާއި ގުޅުނު އެންޓޯނިއޯ ވަނީ އެކުލަބަށް ބަދަލުވެ މިހާތަނަށް މޮޅު ކުޅުމެއް ދައްކާ އެ ކުލަބަށް ކުޅެދިން 79 މެޗުގައި 23 ގޯލު ޖަހައިދީފަައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް