ލޯނު އެއްބަސްވުމުގެ ދަށުން ލުކާކޫ އަލުން އެނބުރި އިންޓަރ މިލާނަށް

އިނގިރޭސި ކުލަބު ޗެލްސީއަށް ކުޅެމުން އައި ބެލްޖިއަމްގެ އިތުބާރު ފޯވާޑް ރޮމެލޫ ލުކާކޫ ލޯނު އެއްބަސްވުމެއްގެ ދަށުން އޭނާގެ ކުރީގެ ކުލަބް އިޓަލީގެ އިންޓަރ މިލާނަށް ބަދަލުވުމަށް ނިންމައިފިއެވެ. 2019 ވަނަ ...

22 Jun 2022 | 18:01

އިނގިރޭސި ކުލަބު ޗެލްސީއަށް ކުޅެމުން އައި ބެލްޖިއަމްގެ އިތުބާރު ފޯވާޑް ރޮމެލޫ ލުކާކޫ ލޯނު އެއްބަސްވުމެއްގެ ދަށުން އޭނާގެ ކުރީގެ ކުލަބް އިޓަލީގެ އިންޓަރ މިލާނަށް ބަދަލުވުމަށް ނިންމައިފިއެވެ.

2019 ވަނަ އަހަރު އިންޓަމިލާނުގައި މޮޅު ކުޅުމެއް ދައްކާ އިންޓަރ އާއި އެކު އިޓާލިއަން ލީގު ކާމިޔާބު ކުރުމަށް ފަހު ޗެލްސީއަށް ބަދަލުވީ ރެކޯޑް ފީއެއް ކަމުގައިވާ 97.5 މިލިއަން ޕައުންޑުގެ އަގަކަށެވެ. ނަމަވެސް ބޮޑު އަގުގައި ޗެލްސީއަށް ބަދަލުވެ ޖެހިގެން އައި ސީޒަނުގައި އޭނާއަށް ޗެލްސީގައި މާ އެދެވޭ ކުޅުމެއް ދެއްކޭ ގޮތް ވަނީ ނުވެފައެވެ. ނަތީޖާއެއްގެ ގޮތުން ލުކާކޫއަށް ޗެލްސީގެ ފުރަތަމަ އެގާރައިން ޖާގަ ގެއްލުނެވެ. އަދި ގިނަ މެޗުތަކުން އޭނާއަށް ފުރުސަތު ލިބުން ވެސް ވަނީ ދަތިވެފައެވެ.

2019 ވަނަ އަހަރު އިޓަލީގެ އިންޓަރ މިލާނުގައި މޮޅު ކުޅުމެއް ދައްކާ ލުކާކޫ ވަނީ އެ ސީޒަނުގައި އިންޓަރ އަށް ކުޅެދިން 95 މެޗުގައި 64 ލަނޑު ޖަހައިދީފައެވެ. ނަމަވެސް ޖެހިގެން އައި ސީޒަނުގައި ޗެލްސީއަށް ބަދަލުވެ ލުކާކޫއަށް ރަނގަޅު ކުޅުމެއް ނުދެއްކުނު އިރު، އޭނާ ޗެލްސީއަށް ކުޅެދިންް 44 މެޗުގައި ކާމިޔާބު ކުރެވިފައި ވަނީ އެންމެ 15 ގޯލެވެ.

އިނގިރޭސި މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ޗެލްސީން ލޫކާކޫ ދޫކޮށްލަން ނިންމީ އެ ކުލަބުން އެންމެ ބޮޑަށް ޓާގެޓް ކުރަމުން އަންނަ ސިޓީގެ ފޯވާޑް ރަހީމް ސްޓާލިން ގަތުމަށެވެ. އަދި ހުދު ލުކާކޫވެސް ބޭނުން ވަނީ އޭނާގެ ކުރީގެ ކުލަބު އިންޓަރ އަށް ބަދަލުވުމަށް ކަމަށް ވުމުން ެލްސީން ވެސް އެގޮތައް ނިންމުން ތަން ނިންމީ ކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ.

ޗެލްސީން ހާމަކުރާ ގޮތުގައި ޗެލްސީން އިންޓަރ އަށް ލުކާކޫ ދޫކޮށްލަން ނިންމާފައިވަނީ އެންމެ އަށް މިލިއަން ޔޫރޯގެ ލޯނަކަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް