މާނޭ އެންމެ ފަހުން ބަޔާންއަށް ސޮއިކޮށްފި

ލިވަޕޫލްއަށް ކުޅެމުން އައި ސެނެދާލްގެ އިތުބާރު ފޯވާޑް ފޯވާޑް، ސަޑިއޯ މާނޭ ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކަށް ސޮއިކޮށްފި އެވެ. ގިނަ އަހަރުތަކެއް ވަންދެން ލިވަޕޫލަށް ކުޅެ ގިނަ ކާމިޔާބީތަކެއް އެ ކުލ...

22 Jun 2022 | 17:34

ލިވަޕޫލްއަށް ކުޅެމުން އައި ސެނެދާލްގެ އިތުބާރު ފޯވާޑް ފޯވާޑް، ސަޑިއޯ މާނޭ ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކަށް ސޮއިކޮށްފި އެވެ.

ގިނަ އަހަރުތަކެއް ވަންދެން ލިވަޕޫލަށް ކުޅެ ގިނަ ކާމިޔާބީތަކެއް އެ ކުލަބާއި އެކު ހޯދާފައިވާ އުމުރުން 30 އަހަރުގެ މާނޭ ބަޔާންއަށް ސޮއިކުރިއިރު، އޭނާ ލިވަޕޫލް އާއި އެކު ހަދާފައިވާ އެއްބަސްވުން ހަމަވާން އަދި ބާކީ އެއް އަހަރު އެބައޮތެވެ. މާނޭ ލިވަަޕޫލް އާއި އެކު ހަދާފައިވާ އެއްބަސްވުން ހަމަ ވާނީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

މާނޭ ބަޔާއަށް ބަދަލުވީ 41 މިލިއަން ޔޫރޯގެ އަގަކަށް ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެހެން ކަމުން މާނޭ 2025 ވަނަ އަހަރާއި ހަމައަށް ބަޔާންގައި މަޑުކުރާނެއެވެ.

އިނގިރޭސި މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި މާނޭ ލިވަޕޫލް ދޫކޮށްލީ އޭނާގެ ހުށައެޅުން ލިވަޕޫލުން ގަބޫލް ނުކުރުމުންނެވެ. އެގޮތުން މާނޭ ބޭނުންވީ ހަފްތާ އަކު 440,000 ޑޮލަރު ލިބޭ ގޮތަށް ހަތަރު އަހަރުގެ އެއްބަސްވުމަކާއި އެކު ކުލަބުގައި މަޑުކުރާށެވެ. ނަމަވެސް ލިވަޕޫލުން އެގޮތައް އަމަލު ނުކުރިކަމަށް ރިޕޯޓުތައް ބުނެއެވެ.

ނަޔާނަށް ބަެދަލުވުމަށް ފަހު މާނޭ ބުނީ ބަޔާން ކަހަލަ ވަރުގަދަ ކުލަބަކުން ފުރުސަތު ލިބުމުން އުފާވާ ކަމަށާއި ބޭނުން ވަނީ ނަޔާންއާއި އެކުވެސް ރަނގަޅު ކާމިޔާބީތަކެއް ހޯދަން ކަމަށެވެ.

" ބަޔާނަކީ ޔޫރަޕުގެ އެންމެ ވަރުގަދަ ކުލަބުތަކުގެ ތެރޭގައި ހިމެނޭ ކުލަބެއް. އެފަދަ ކުލަބަކަށް ބަދަލުވުމުގެ ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ޝަރަފަކާއި އުފަލެއް. ބޭނުން ވަނީ ބަޔާންއާއި އެކުވެސް ރަނގަޅު ކާމިޔާބީތަކެއް ހޯދަން". މާނޭ ބުންޏެވެ.

2016 ވަނަ އަހަރު ސައުތެމްޓަން އިން ލިވަޕޫލަށް ބަދަލުވި މާނޭ ވަނީ އެ ޓީމަށް، ޖުމްލަ 269 މެޗު ކުޅެދީ 120 ގޯލުޖަހައި ދީފަ އެވެ. މާނޭވަނީ ލިވަޕޫލާއި އެކު ގޭދަކުރި ހަ ސީޒަނުގައި އެ ކުލަބާއި އެކު އިނގިރޭސި ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގާއި ޔުއެފާ ސުޕަ ކަޕާއި ކްލަބް ވޯލްޑް ކަޕްވެސް ކާމިޔާބު ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް