ގަލޮޅު ދަނޑުގައި ކުރިއަށްގެންދިޔަ ޔޯގާ ހަރަކާތް ހުއްޓުވުމަށް ހިންގި ހަމަނުޖެހުމާއި ގުޅިގެން ޝައިޚް އާދަމް ނިޝާން ހައްޔަރުކޮށްފިއެވެ.
ޝައިޚް ނިޝާން މިރޭ ހައްޔަރުކޮށްފައިވަނީ އޭނާ ދިރިއުޅުއްވާ، ރެހެންދި ފްލެޓް ސަރަހައްދުންނެވެ.
ޝައިޚް ނިޝާން ހައްޔަރުކޮށްފައިވާއިރު ހަމަ މި މައްސަލައިގާ ޝައިޚް ފަޒްލޫންވެސް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އަދި ކުރީގެ އެމްޕީ މުހައްމަދު އިސްމާލާއި ޕީޕީއެމްގެ އިތުރު އެކްޓިވިސްޓަކުވެސް މިރޭ ހައްޔަރުކޮށްފައިވެއެވެ.
ޔޯގާ ހަރަކާތް ހުއްޓުވުމުގައި ހަމަނުޖެހުން ހިންގި މައްސަލައާއި ގުޅިގެން ފުލުހުން އަންނަނީ ހާއްސަ އޮޕަރޭޝަނެއް ކުރިއަށްގެންދަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް