ގަލޮޅު ދަނޑުގައި އިއްޔެ ހިންގި ހަަމަނުޖެހުމާއި ގުޅިގެން ޝައިޚް މުހައްމަދު ފަޒްލޫން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ޝައިޚް ފަޒްލޫން ހައްޔަރުކޮށްފައިވަނީ މިރޭގެ ވަގުތެއްގައެވެ.
މި މައްސަލައާއި ގުޅިގެން ޝައިޚް ފަޒްލޫން ހައްޔަރުކޮށްފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލްވެސް މިރޭ ވަނީ ހަމަ މި މައްސަލައިގާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ފުލުހުން މިރޭ ބުނެފައިވާގޮތުގައި މި މައްސަލައާއި ގުޅިގެން މިރޭ ތިން މީހަކު ހައްޔަރުކޮށްފައިވެއެވެ.
އިއްޔެ ގަލޮޅު ދަނޑުގައި ބާއްވަން އުޅުނު ޔޯގާ ހަރަކާތް ހުއްޓުވުމުގެ ނަމުގައި ގަލޮޅު ދަނޑަށް ވަތްން މީހުން ހަމަނުޖެހުން ހިންގި މައްސަލައިގެ ތަހުގީގަށް ފުލުހުން ވަނީ ހާއްސަ އޮޕަރޭޝަނެއް ފަށާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް