އިއްޔެގެ ޔޯގާ ހަރަކާތާއި ގުޅިގެން ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދުއ އިސްމާއިލް ހައްޔަރު ކޮށްފި އެވެ.
އިއްޔެ ގަލޮޅު ދަނޑުގައި އޮތް ޔޯގާ ހަރަކާތް ހުއްޓުވުމުގައި އިސް ދައުރު އަދާކުރީ އިދިކޮޅު ޕީޕީއެމްއިން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި ސޯޝަލް މީޑިއާގައި ވަނީ މުހައްމަދު އިސްކޮށް ހުންނަވައި އެތަނުގައި ބޭނުން ކުރި ދިދަތައް ޕީޕީއެމް އޮފީހުން ނެރޭ މަންޒަރު ފެންނަ ފޮޓޯތަކެއް އާންމުވެފައި އެވެ.
އެ މައްސަކައިގަ އޭނާ ހައްޔަރު ކުރީ މިރޭ އިރުއޮއްސުނު ފަހުންނެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ކުރީގެ މެމްބަރު މުހައްމަދު ހައްޔަރު ކުރީ ކާނިވާ ތެރޭގައި ހުރި ކެފޭއެއްގައި އިންނަވަނިކޮށެވެ.
އޭނާގެ އިތުރުން ޕީޕީއެމްގެ އެކްޓިވެސްޓެއް ކަމަށްވާ މުހައްމަދު ރައްޒާންވެސް ހައްޔަރު ކުރި އެވެ.
އިއްޔެ ހަރަކާތާއި ދެކޮޅަށް މުޒާހަރާކޮށް ދަނޑުތެރެއަށް ވަތް މީހުން ހޯދުމަށް ފުލުހުން ވަނީ ވަރުގަދަ އޮޕަރޭޝަނެއް ފަށާފަ އެވެ. ފުލުހުން ވަނީ އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށް ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް