ނެޝަނަލް ހެލްތު ލެބޯރެޓޮރީ ގާއިމުކުރުމަށާއި ރަށްރަށުގައި އައިސޮލޭޝަން ފެސިލިޓީތައް ގާއިމުކުރުމަށް ސަރުކާރުން 18.4 މިލިޔަން ޔޫރޯގެ ލޯނެއްގައި ސަރުކާރުން ސޮއިކޮށްފިއެވެ.
ފޮރިން މިނިސްޓްރީން ބުނެފައިވާގޮތުގައި ކޮންސެޝަނަލް ލޯނެއްގައި މިއަދު ސަރުކާރުން ސޮއިކުރީ ޔޫރަޕިއަން އިންވެސްޓްމެންޓް ބޭންކާއި އެކުގައެވެ. ފިނޭންސް މިނިސްޓްރީން ބުނީ މި ލޯނު ނެގީ ލެބޯޓްރީ އާއި އަތޮޅު ތެރޭގައި އައިސޮލޭޝަން ފެސިލިޓީތައް ހެދުމަށް ކަމަށެވެ. އެ ލޯނަކީ ކޮންސެޝަނަލް ލޯނެކެވެ.
ކޮންސެޝަނަލް ލޯނުތަކަކީ އިންޓްރެސްޓް ރޭޓް ކުޑަ ލޯނުތަކެވެ. އެ ލޯނުގެ އިންޓްރެސްޓް ރޭޓާއި އަނބުރާ ދައްކަން ޖެހޭ މުއްދަތު އެ މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.
https://twitter.com/mofmv/status/1539612412139098113?s=30&t=dthmU1OLCoIvBDX7CWr3yQ
ފިނޭންސް މިނިސްޓްރީން އާ ލޯނެއް ނެގި އިރު މިދިޔަ ހަފުތާގައި ތިން ބޭންކެއް މެދުވެރިކޮށް ގުޅިފަޅުގެ ދެވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތަށް ސަރުކާރުން ވަނީ 1.6 ބިލިއަން ރުފިޔާގެ ލޯނެއް ނަގައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް