ޖޭއެސްސީގެ ކޭސް މެނޭޖްމަންޓް ޕޯޓަލް، "މަތަރެސް" އިފްތިތާހުކޮށްފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) ޤާއިމުކުރި ކޭސް މެނޭޖްމަންޓް ޕޯޓަލް، "މަތަރެސް" އިފްތިތާހުކޮށްފިއެވެ. މި ޕޯޓަލް އިފްތިތާހު ކުރުމަށް ޖޭއެސްސީގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި، މިޕޯ...

22 Jun 2022 | 13:53

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) ޤާއިމުކުރި ކޭސް މެނޭޖްމަންޓް ޕޯޓަލް، "މަތަރެސް" އިފްތިތާހުކޮށްފިއެވެ.

މި ޕޯޓަލް އިފްތިތާހު ކުރުމަށް ޖޭއެސްސީގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި، މިޕޯޓަލް އިފްތިތާހުކޮށްދެއްވީ ބަންޑާރަ ނައިބް އަލްއުސްތާޛް އިބްރާހިމް ރިފްއަތެވެ.

ޖޭއެސްސީން ބުނީ މިޕޯޓަލް ގާއިމް ކުރުމުގެ އެންމެ ބޮޑު މަގުސަދަކީ ޖޭއެސީއަށް ހުށަހެޅޭ މައްސަލަތަކާއި، އެމައްސަލަތަކުގެ ތަހުގީގުތައް ހަރުދަނާކަމާއެކު ފަސޭހަ އިންތިޒާމެއްގެ ތެރެއިން ކުރިއަށް ގެންދިއުން ކަމަށެވެ.

މީގެ އިތުރުން މިޕޯޓަލް ގާއިމް ކުރެވުމުން ކަރުދާސް މަދު ކުރުމަށް ކުރަމުންދާ މަސައްކަތަށްވެސް ބޮޑު ލުޔެއް ލިބިގެންދާނެކަމަށްވެސް ޖޭއެސްސީން ހާމަކުރެއެވެ.

"މަތަރެސް" ކޭސް މެނޭޖްމަންޓް ޕޯޓަލަކީ އެމެރިކާގެ ބާ އެސޯސިއޭޝަންގެ ރޫފް ލީ އިނިޝިއޭޓިވް ޕްރޮޖެކްޓުގެ ދަށުން ގާއިމް ކުރެވުނު ޕޯޓަލެއް ކަމަށް ޖޭއެސްސީން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް