މެމްބަރަކު ފަރިއްކުޅުއްވަން އެޅި މަސްހުނި ކޮޅެއްގެ ތެރެއިން ކޮކާ ފަންޏެއް ފެނުނު މައްސަލަ ބަލަނީ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ކާން އުޅުއްވަނިކޮށް ތަށީ ތެރެއިން ކޮކާ ފެންޏެއް ފެނުނު މައްސަލަ ބަލަން ފަށައިފި އެވެ. މިކަން ފުރަތަމަ މީޑީއާއަށް ތިލަވިއިރު މައުލޫމާތު ލިބިފައިވަނީ ތަށިން ފެނުނީ ފުޅ...

22 Jun 2022 | 09:30

ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ކާން އުޅުއްވަނިކޮށް ތަށީ ތެރެއިން ކޮކާ ފެންޏެއް ފެނުނު މައްސަލަ ބަލަން ފަށައިފި އެވެ.

މިކަން ފުރަތަމަ މީޑީއާއަށް ތިލަވިއިރު މައުލޫމާތު ލިބިފައިވަނީ ތަށިން ފެނުނީ ފުޅައެއް ކަމަށެވެ. މަޖިލީހުން ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.

ކޮކާ ފަނި ފެނުނީ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ ކާން އުޅުއްވުމުގެ ތެރޭގައި އެވެ. އެ ފަނި ފެނުނީ ތައްޓަށް އެޅުއްވި މަސްހުނި ކޮޅެއްގެ ތެރެއިންނެވެ.

އެއިދާރާގެ ކޮމިއުނިކޭޝަން ޑައިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ ތަށީ ތެރެއިން ފެނުނީ ފުޅައެއް ނޫން ކަން ކަށަވަރުކޮށްދޭ ކަމަށެވެ. އޭނާ ވިދާޅުވީ ތަށިން ފެނުނީ ކޮކާ ފަންޏެއް ކަމަށާއި އެކަން ހިނގާދިޔަ ގޮތް ބަލަމުންދާ ކަމަށެވެ.

މަޖިލީހުގައި ކެއުން ކޭޓާ ކޮށްދެނީ ބްރަދާސް ކޭޓަރިންއިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް