ރާއްޖެއާއި ރުވާންޑާއާ ދެމެދު 5 އެއްބަސްވުމެއްގައި ސޮއިކޮށްފި

ދިވެހިރާއްޖެއާއި ރުވާންޑާއާއި ދެމެދު 5 އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ރާއްޖެއާއި ރުވާންޑާއިން ސޮއިކުރި އެއްބަސްވުންތަކަކީ ޖެނެރަލް ކޯޕަރޭޝަންއާ ގުޅޭ އެއްބަސްވުމަކާއި، ވައިގެ ދަތުރުފަތުރުގެ އެއްބަސ...

22 Jun 2022 | 08:33

ދިވެހިރާއްޖެއާއި ރުވާންޑާއާއި ދެމެދު 5 އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ރާއްޖެއާއި ރުވާންޑާއިން ސޮއިކުރި އެއްބަސްވުންތަކަކީ ޖެނެރަލް ކޯޕަރޭޝަންއާ ގުޅޭ އެއްބަސްވުމަކާއި، ވައިގެ ދަތުރުފަތުރުގެ އެއްބަސްވުމަކާއި، ވިޔަފާރިއާއި ފަތުރުވެރިކަމުގެ ދާއިރާގެ އެމްއޯޔޫއަކާއި މެރިޓައިމް ޓްރާންސްޕޯޓާއި ގުޅޭ އެމްއޯޔޫއަކާއި ފިޝަރީޒް އެންޑް މެރިން ރިސޯސްއާއި ގުޅޭ އެމްއޯޔޫއެކެވެ.

މި އެއްބަސްވުންތަކާއި އެމްއޯޔޫގައި ރާއްޖޭގެ ފަރާތުން ސޮއިކޮށްފައި ވަނީ މިިނިސްޓަރ އޮފް ސްޓޭޓް ފޯރ ފޮރިން އެފެއާޒް އަހުމަދު ހަލީލް ރުވާންޑާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ރުވާންޑާގެ ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ދެ ޤައުމުގެ ދެމެދުގައި އެކުލަވާލެވުނު އެއްބަސްވުންތަކުގައި ރާއްޖޭގެ ފަރާތުން  ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ފޮރިން އެފެއާޒް އަހުމަދު ހަލީލްއެވެ.

ރުވާންޑާގެ ފަރާތުން ސޮއިކުރެއްވީ ރުވާންޑާގެ ހާރިޖީ ވަޒީރު ވިންސެންޓް ބިރޫޓާއެެވެ.

ފޮރިން މިނިސްޓްރީން ހާމަކުރާ ގޮތުގައި މި އެއްބަސްވުންތަކުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެ، އެކި ދާއިރާތަކުން ގުޅުން ވަރުގަދަވެގެންދާނެއެވެ.

ރާއްޖެއާއި ރުވާންޑާއާ ދެމެދު ސިޔާސީ ގުޅުން ގާއިމް ކޮށްފައިވަނީ 6 ސެޕްޓެމްބަރު 2019ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް