ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް އިއްޔެ ހެނދުނު ގަލޮޅު ދަނޑުގައި، ބޭއްވި ހަރަކާތުގައި ބައިވެރިވި މީހުންނަށް ހަމަލާދީ ބިރުވެރިކަން އުފައްދާ ހަމަނުޖެހުން ހިންގި ހަ މީހެއްގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.
އިއްޔެގެ ހަމަނުޖެހުމުގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ހަ މީހުންގެ ތެރެއިން ހަތަރު މީހެއްގެ ބަންދަށް ކްރިމިނަލް ކޯޓުން 60 ދުވަސް ޖަހާފައިވާއިރު، ދެ މީހެއްގެ ބަންދަށް ފަސް ދުވަސް ވަނީ ޖަހާފައެވެ.
ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތެއް ކުރިއަށްދަނިކޮށް އެތަނުގައި ތިބި ބޭރުގެ ޑިޕްލޮމެޓުންނާއި އާއްމު ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށް، އެތަނަށް ބަޔަކު ވަދެ، މީހުންނާއި ތަކެއްޗަށް ހަމަލާދީފައި ވާތީ، ފުލުހުން ބުނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް