ޝެއިހް ސަމީރަށް މަރުގެ އިންޒާރުދިން މައްސަލަ ބަލަން ފަށައިފި

ދީނީ އިލްމުވެރިޔާ ޝެއިހް އަހުމަދު ސަމީރަށް މަރުގެ އިންޒާރު ދިން މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ. އޭނާއަށް މަރުގެ އިންޒާރު ދިނީ ސޯޝަލް މީޑިއާ ނެޓްވޯކް ޓުވިޓާގައި އެވެ. އިންޒާރުދިން މީހާ...

22 Jun 2022 | 08:00

ދީނީ އިލްމުވެރިޔާ ޝެއިހް އަހުމަދު ސަމީރަށް މަރުގެ އިންޒާރު ދިން މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

އޭނާއަށް މަރުގެ އިންޒާރު ދިނީ ސޯޝަލް މީޑިއާ ނެޓްވޯކް ޓުވިޓާގައި އެވެ. އިންޒާރުދިން މީހާ ވަނީ ޝެއިހް ސަމީރު ދަންޖައްސާ މަރާލަން ޖެހޭ ކަމަށް ބުނެފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އޭނާއަށް މަރުގެ އިންޒާރު ދިން މައްސަލަ އިއްޔެ މެންދުރު 12:39 ގައި ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލަ ތަހުގީގު ކުރަމުންދަނީ ސީރިއަސް އޮގަނައިޒް ކްރައިމް ޔުނިޓުން ކަމަށް ވިދާޅުވި އެވެ.

ޝެއިހް ސަމީރަށް މަރުގެ އިންޒާރު ދީފައިމިވަނީ އިއްޔެ ފާހަގަ ކުރި ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަ ކުރުމާއި ދެކޮޅަށް އޭނާ ވާހަކަ ދައްކަވާފައި ވަނިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް