ޔޯގާގެ މައްސަލައިގާ، ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވަރުގަދަ ބަސްފުޅެއް ވިދާޅުވެއްޖެއެވެ.
ޑރ. އިޔާޒް ވިދާޅުވެފައިވަނީ ޕޯޗުކީޒުން ގަދަކަމުން ދިވެހިންގެ ކަރަށް ބަނގުރާ އެޅިގޮތަށް ގަދަކަމުން ހިންދޫ ދީނުގެ ޘަޤާފަތެއް ދިވެހިންގެ ތެރޭގައި ފަތުރަން މަސައްކަތްކުރާ ކުރުމަކީ ބަލައިގަނެވޭނެކަމެއް ނޫން ކަމަށެވެ.
"އެކަން ހުއްޓުވުމަކީ ދައުލަތުގެ އެންމެ އިސް އެއް ވާޖިބު." ޑރ. އިޔާޒް ވިދާޅުވެފައިވެއެވެ.
ހައްސާސް މި މައްސަލައިގ ޑރ. އިޔާޒް ވަރުގަދަ ބަސްފުޅެއް ވިދާޅުވެފައިވާއިރު އިއްޔެ މާލޭގައި ބާއްވަން އުޅުނު ޔޯގާ ހަރަކާތަކާއި ގުޅިގެން ގައުމުގެ މަސްރަހު މިވަނީ ވަރަށް ބޮަޑަށް ހަަލަބޮލިވެގެން ގޮސްފައެވެ.
https://twitter.com/dr_iyaz/status/1539402104917266432
ގަލޮޅު ދަނޑުގައި ބަޔަކު ޔޯގާގައި ތިއްބާ ދަނޑުތެރެއަށް ބަޔަކު ވަދެގަނެ ހަމަނުޖެހުން ހިންގާ މީހުންނަށް ކޮންމެވެސް ވަރަކަށް އަނިޔާކޮށް ތަކެއްޗަށް ގެއްލުންދިން މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް