އަފްގާނިސްތާނަށް އައި ބާރުގަދަ ބިން ހެލުމެއްގައި 280 މީހުން މަރުވެއްޖެ

އަފްގާނިސްތާނަށް ބާރުގަދަ ބިން ހެލުމެއް އައިސް މިހާތަނަށް 280 މީހުން މަރުވެއްޖެ އެވެ. ބިން ހެލުން އައިސްފައިވަނީ ރޭ ފަތިހުގެ ވަގުތެއްގައި އެ ގައުމުގެ ހުޅަނގުގެ ޕްރޮވިންސެއް ކަމަށްވާ ޕަކްޓިކާ ޕްރިންސަށ...

22 Jun 2022 | 07:40

އަފްގާނިސްތާނަށް ބާރުގަދަ ބިން ހެލުމެއް އައިސް މިހާތަނަށް 280 މީހުން މަރުވެއްޖެ އެވެ.

ބިން ހެލުން އައިސްފައިވަނީ ރޭ ފަތިހުގެ ވަގުތެއްގައި އެ ގައުމުގެ ހުޅަނގުގެ ޕްރޮވިންސެއް ކަމަށްވާ ޕަކްޓިކާ ޕްރިންސަށެވެ. ބިން ހެލުން އައިސްފައިވަނީ ރެކްޓާ މިންގަނޑުން 6.1 ގެ ބާރުމިނުގައި އެވެ.

އަފްގާނިސްތާނުގެ ތޯލިބާން ސަރުކާރުން ބުނީ ހާދިސާ ހިނގިވަގުތަކީ ފަތިސް ކަމުން މަރުވެފައިވާ މީހުންގެ ހަށިތައް އިމާރާތްތަކުގެ ދަށުން ފެނުން އަދިވެސް އެކަށީގެންވާ ކަމަށެވެ. މި ބިން ހެލުމުގައި 600 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވާއިރު ގިނަ ގެތަކެއް ވަނީ ބިމާ ހަމަވެފައި އެވެ.

ހާލުގައި ޖެހިފައިވާ މީހުން ރައްކާތެރި ހިސާބުތަކަށް ގެންދިއުމަށް ތޯލިބާން ސަރުކާރުން ބޭނުން ކުރަމުންދަނީ ހެލިކޮޕްޓަރެވެ. މި ބިންހެލުމުގައި އެ ޕްރޮވިންސްގެ ހަތަރު ޑިސްޓްރިކްޓަކަށް ބޮޑެތި ގެއްލުންތަކެއްވެފައިވެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ޕަކްޓިކާ ޕްރޮވިންސަށް އައި ބާރުގަދަ ބިން ހެލުމުގެ އަސަރު އެ ގައުމުގެ ވެރިރަށް ކާބުލް އަށާއި ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދަށް ކޮށްފައިވެ އެވެ. އެކަމަކު އެއްވެސް ގެއްލުމެއް ނުވަތަ ހެލުމުގެ ބާރުމިން ގަދަވި ކަމުގެ ރިޕޯޓެއް ނުލިބެ އެވެ.

އަފްގާނިސްތާނަކީ އާންމުކޮށް ބިން ހެލުން އައުން ގިނަ ގައުމެކެވެ. އދ. ގެ ހިއުމެނިޓޭރިއަން އެފެއާޒްގެ ރިޕޯޓެއްގައި ވާގޮތުން ކޮންމެ އަހަރަކު އެ ގައުމުނ ް560 އަށްވުރެ ގިނަ މީހުން މަރުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް