އިއްޔެގެ ހަމަނުޖެހުން ހޭންޑަލްކުރުމުގައި ފުލުހުން ފެއިލްވި ކަމަށް ސީޕީ ގަބޫލުފުޅުކުރައްވައިފި !

އިއްޔެގެ ޔޯގާ އިވެންޓާއި ގުޅިގެން ހިނގާދިޔަ ހަމަނުޖެހުންތައް ކޮންޓްރޯލުކުރުމުގައި ފުލުހުން ފެއިލްވިކަން ގަބޫލުފުޅުކުރައްވާ މޭރުމަކުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވާހަކަފުޅު ދައްކަވައިފިއެވ...

22 Jun 2022 | 07:34

އިއްޔެގެ ޔޯގާ އިވެންޓާއި ގުޅިގެން ހިނގާދިޔަ ހަމަނުޖެހުންތައް ކޮންޓްރޯލުކުރުމުގައި ފުލުހުން ފެއިލްވިކަން ގަބޫލުފުޅުކުރައްވާ މޭރުމަކުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވާހަކަފުޅު ދައްކަވައިފިއެވެ.

ސީޕީ މިފަދަ މޭރުމަކުން ވާހަކަފުޅުދައްކަވާފައިވަނީ މިކަމާއި ގުޅޭގޮތުން މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

ސީޕީ ވިދާޅުވެފައިވަނީ އިއްޔެގެ ހާލަތު ކޮންޓްރޯލުކުރުމުގައި ފުލުހުން، ފުލުހުންގެ ދައުރު އަދާކުރިގޮތާއިމެދު އިންތިހާއަށް ކަންބޮޑުވުން އެބަހުރި ކަމަށެވެ. އަދި އިންޓާނަލް ރިވިއުއެއް ކުރިއަށްދާނެ ކަމަށެވެ.

"ކަންކަން ރަނގަޅުކުރަންވެސް މަސައްކަތްކުރާނަން" ސީޕީ އިތުރަށް ވިދާޅުވެފައިވެއެވެ.

https://twitter.com/M_Hameedh/status/1539501418159439872

އިއްޔެގެ ހަމަނުޖެހުން ގައުމީ ބޮޑު މައްސަލައަކަށް ވެފައިވާއިރު ބައިނަލްއަގްވާމީ ގޮތުންވެސް އެ ހަމަނުޖެހުމުގެ ސަބަބުން ރާއްޖެއަށް ޕްރެޝަރު ބޮޑުވާނެކަމުގައި ބެލެވެއެވެ.

ޔޯގާ އިވެންޓް ފެށިތަނުން ކަހަލަގޮތަކަށް ބަޔަކު ގަލޮޅުދަނޑަށް ވަދެގަނެ ހަމަނުޖެހުން ހިންގިއިރު އެ އިވެންޓްގައި ބޭރުގެ ޑިޕްލޮމެޓުންވެސް ބައިވެރިވަމުންދިޔައެވެ.

މި ހަމަނުޖެހުމުގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ. ތުހުމަތުގެ އިނގިލި ސަލަފް ޖަމިއްޔާއާއި އިދިކޮޅު ސިޔާސީ ކޯލީޝަނަށް ކުރާއިރު ސަލަފުން ވަނީ އެ ތުހުމަތުތަކުން ބަރީއަވެފައެވެ. އިދިކޮޅު ސިޔާސީ ކޯލީޝަނުން ބުނެފައިވަނީ އެ ހަރަކާތަށް ދިދަ ފޯރުކޮށްދިނުން އެއީ އަދި އެ ހަރަކާތް އިންތިޒާމުކޮށް ރާވާ ހިންގުން ނޫންކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް