ސައުންޑާއި ދިދަތައް ދީގެން ހިންގި ޓެރަރިސްޓް ޢަމަލުތައް ޖަޒުބާތުގަ ނުކުތް މީހުންގެ ބޮލަށް: މޫކޭ

ސައުންޑާއި ދިދަތައް ދީގެން ހިންގި ޓެރަރިސްޓް ޢަމަލުތައް ޖަޒުބާތުގަ ނުކުތް މީހުންގެ ބޮލަށް ކަމަށް ވިދާޅުވެ، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލި މަނިކު (މޫކޭ) ބަހު...

22 Jun 2022 | 06:25

ސައުންޑާއި ދިދަތައް ދީގެން ހިންގި ޓެރަރިސްޓް ޢަމަލުތައް ޖަޒުބާތުގަ ނުކުތް މީހުންގެ ބޮލަށް ކަމަށް ވިދާޅުވެ، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލި މަނިކު (މޫކޭ) ބަހުގެ ހަމަލާތަކެއް އިދިކޮޅު ފަރާތްތަކަށް ފޮނުވާލައިފިއެވެ.

އޭނާ މިހެން ވިދާޅުވީ ދުނިޔޭގެ ޔޯގާ ދުވަސް ފާހަގަކުރުމަށް ރާއްޖޭގައި އިއްޔެ ބޭއްވި ޔޯގާ ހަރަކާތް ހުއްޓުވުމަށް ބައެއް ފަރާތްތަކުން ހިންގި އަމަލު ކުށްވެރިކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.

މޫކޭ ގެ ޓްވީޓުގައި ވިދާޅުވެފައިވަނީ ޙަވާލު ވާނެ މީހަކު ނުވި ކަމަށާއި ދީނަކާއި ދީން ކަމަށެވެ. އަދި ރައްޔިތަކާއި ރައްޔިތެއް ކަމަށެވެ.

މީގެ އިތުރުން ސަލަފުގެ ފިތުނަވެރިން ގުޅި، ޕީޕީއެމް ގެ އޮފީސް ތެރެއިން ނެރުނު ސައުންޑާއި ދިދަތައް ދީގެން ހިންގި ޓެރަރިސްޓް ޢަމަލުތައް ޖަޒުބާތުގަ ނުކުތް މީހުންގެ ބޮލަށް ކަމަށާއި ސަލަފާ ޕީޕީއެމް އަކީ އެއް ވާގަނޑެއްގެ ދެކޮޅު ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

https://twitter.com/VMookey/status/1539168785713614848

ބައިނަލްއަޤްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ރަސްމީ ދަނޑުގައި އިއްޔެ ބޭއްވި ޙަރަކާތަށް ހުރަސްއަޅައި ހިންގި ހަމަނުޖެހުން ކުށްވެރިކޮށް މޫކޭ ވިދާޅުވީ މިކަން އިންތިޒާމު ކުރުމުގައި ކަންކަން ހިނގާފައިވާ ގޮތުން ފެންނަން ހުރިކަމަށެވެ.

އެ ހަރަކާތް ހުއްޓުވުމަށް އެއްވިމީހުން ހިންގި ހަމަނުޖެހުންތަކަކީ ސިޔާސީ މަޤްޞަދެއްގައި ހިންގި ކަމެއްކަމަށް ތުހުމަތުކުރެވެމުން ދަނިކޮށް، އެއްވި މީހުން ބޭނުންކުރި ދިދަތަކާ އެއްގޮތް ދިދަތަކެއް ޕީޕީއެމް އޮފީހުން ނެރެމުންދާ މަންޒަރު ފެންނަ ފޮޓޯތަކެއް ވަނީ ސޯޝަލް މީޑިއާ ގައި ދައުރުވާން ފަށާފައެވެ.

އެ ހަމަނުޖެހުންތަކުގައި ބޭނުންކުރި އާލާތްތައް ނެރުނީ ޕީޕީއެމްގެ އޮފީހުންކަމަށް ފުލުހުން ނެރުނު ބަޔާނެއްގައި ވެސް ބުނެފައިވާއިރު، ޕީޕީއެމްއިން ބުނީ މިހަރަކާތަކީ އެޕާޓީއާއި އެއްވެސް ގުޅުމެއް ނެތް ހަރަކާތެއް ކަމަށެވެ. އަދި މިއީ ސީދާ ސަރުކާރު އަޑީގައި އޮވެގެން ހިންގި ބޮޑު ޖަރީމާއެއް ކަމަށެވެ.

މިކަން ތަހުގީގް ކުރުމުގައި ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދޭން ތައްޔާރަށް ތިބިކަމަށް ވެސް ޕީޕީއެމްއިން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް