ވިރާޓް ކޯލީ ރާއްޖެއިން ދިޔަ އިރު ކޯވިޑަށް ޕޮސިޓިވް

އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ވިރާޓް ކޯލީ ރާއްޖޭގައި ޗުއްޓީ ހޭދަ ކޮށްފަ ދިޔަ އިރު ކޯވިޑަށް ޕޮސިޓިވް ވެއްޖެ އެވެ. މީގެ ހަފްތާއެއްހާ ދުވަސް ކުރިން ރާއްޖެއަށް ޗުއްޓީއަށް ވިރާޓާއި އެކު އައީ އ...

22 Jun 2022 | 06:22

އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ވިރާޓް ކޯލީ ރާއްޖޭގައި ޗުއްޓީ ހޭދަ ކޮށްފަ ދިޔަ އިރު ކޯވިޑަށް ޕޮސިޓިވް ވެއްޖެ އެވެ.

މީގެ ހަފްތާއެއްހާ ދުވަސް ކުރިން ރާއްޖެއަށް ޗުއްޓީއަށް ވިރާޓާއި އެކު އައީ އަންހެނުން އަދި ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރުމާ އާއި ދަރިފުޅު ވަމިކާ ވިރާޓް ކޯލީ އެވެ.

ޗުއްޓީއަށް ފަހު އެމީހުން އެނބުރި މުމްބާއީއަށް ގޮސް ގެއަށްވަދެ މާ ގިނައިރެއް ނުވެ ހޮސްޕިޓަލަށް ދިޔަވާހަކަ އޮތީ މިދިޔަ ހަފްތާގައި އިންޑިއާގެ ނޫސްތަކުން ޖާގަ ހޯދާފަ އެވެ. އެދުވަހުގެ ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުގައި ދެމީހުން ހޮސްޕިޓަލަށް ދިޔައީ ކޯވިޑަށް ޓެސްޓު ކުރުމަށާއި، އޭގައި ހާސްވާންވީވަރު ކަމެއް ނެތް ކަމަށެވެ.

މިހާރު އޭނާ ކޯވިޑުން ރަނގަޅުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އަދި މިވަގުތު ކްރިކެޓް ޓުއާއެއްގައި އޭނާ ހުރީ އިނގިރޭސިވިލާތުގައި ކަމަށްވެ އެވެ.

އެ ޓީމުގެ އެހެން މީހަކަށްވެސް އުޅެނީ ކޯވިޑް ޖެހިގެންނެވެ. އެހެންވެ އެ ޓުއާގައި އެ ކުޅުންތެރިޔާ ބައިވެރިވެފައެއް ނުވެ އެވެ.

ވިރާޓާއި ދެމިހުންގެ ކޭސް އާއި ގުޅިގެން އިންޑިއާ ކްރިކެޓް ޓީމުގެ އެހެން ކުޅުންތެރިންނަށް ބަލި ޖެހިފައި ހުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް މިހާރު ދަނީ ބުނަމުންނެވެ. އަދި ވިރާޓަށްވެސް ކޯވިޑް ޖެހުނީ ރާއްޖެއިން ނޫން ކަމަށް ބުނުމުގެ ފުރުސަތު އެބައޮތް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް