އައްޑޫ ޓްރެއިލް ރަންގައި ބައިވެރިވުމުގެ ފުުރުސަތު މުޅި ރާއްޖެއަށް

ކުރިއަށް މި އޮތް ބޮޑު ޢީދުގައި މީދޫ ޑައިނަމިކް ކޮމިއުނިޓީ އިން އިސްނަގައިގެން ބާއްވާ އައްޑޫ އީދި ފެސްޓިވަލްގެ ތެރެއިން ކުރިއަށްގެންދާ އައްޑޫ ޓްރެއިލް ރަންގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވ...

22 Jun 2022 | 05:51

ކުރިއަށް މި އޮތް ބޮޑު ޢީދުގައި މީދޫ ޑައިނަމިކް ކޮމިއުނިޓީ އިން އިސްނަގައިގެން ބާއްވާ އައްޑޫ އީދި ފެސްޓިވަލްގެ ތެރެއިން ކުރިއަށްގެންދާ އައްޑޫ ޓްރެއިލް ރަންގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އައްޑޫ ޓްރެއިލް ރަން ކުރިއަށްގެންދަނީ އައި ރަނާސްގެ ފަރާތުންނެވެ.

މި ޓްރެއިލް ރަން އާއި ގުޅޭގޮތުން ދުވަހަށް މައުލޫމާތުދެއްވަމުން އައްޑޫ ޓްރެއިލް ރަންގެ ޑިރެކްޓަރ އަދި އަރި ރަނާސްގެ ފައުންޑާ ހުސެއިން ޝުޖާއު ވިދާޅުވީ މި ދުވުން ކުރިއަށްދާނީ އައްޑޫ ސިޓީ ހުޅުދޫ، މީދޫގައި ކަމަށާއި މި ރަންގައި ފަސް ކިލޯ މީޓަރު، 10 ކިލޯ މީޓަރު އަދި 15 ކިލޯ މީޓަރު އިވެންޓްގައި ބައިވެރިވުުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާކަމަށެވެ. މި ރަންގައި ބައިވެރިވެ ރަން ފުރިހަމަކުރާ ފަރާތްތަކަށް ތިން ކެޓަގަރީގައިވެސް މެޑަލް ލިބޭނެ ކަމުގައި އައިރަނާސް އިން ބުނެއެވެ.

ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އައިރަނާސް އިވެންޓްސްގެ ވެބްސައިޓް (irunnersevents.com) ގައެވެ.

ޝުޖާއު ވިދާޅުވީ މި ރަން، ދުވުމުގެ އިތުރުން ހިނގާފައިވެސް ފުރިހަމަ ކުރެވިދާނެ ކަމަށާއި، ޢީދެއްގައި ބާއްވާ ދުވުމެއް ކަމުން ކުރިއަށްގެންދަން ބޭނުންވަނީ މަޖަލާ އުފާވެސް މި ދުވުމުގެ ތެރޭގައި އެކުލެވޭގޮތަށް ކަމުގައި ޝުޖާއު ވިދާޅުވިއެވެ.

މިއީ ރާއްޖޭގައި ބާއްވާ ތިންވަނަ ޓްރެއިލް ރަން އެވެ. އާދައިގެ ދުވުމަކާއި ޓްރެއިލް ރަން އާއި ތަފާތުވަނީ ހަމަ އެކަނި ވަކި ޓްރެކެއްގައި ދުވުމުގެ ބަދަލުގައި ކޮންމެވެސް ވަރަކަށް އޮބްސްޓެކަލްސްވެސް ހިމެނޭހެން ކުރިއަށް ގެންދެވޭތީއެވެ. މިސާލަކަށް އައްޑޫގައި ނަމަ މި ޓްރެއިލް ރަންގައި އައްޑޫ ކުޅި ހުރަސްކުުރަންޖެހުން، ނޫނީ ކުޅި ސަރަހައްދުގައި ދުވަންޖެހުން ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް