ސިޔާސީ ޕާޓީއެއް އުފެއްދުމަށްޓަކައި ފޯމު ހަމަކުރަން ދިން މުއްދަތުގައި އެއްވެސް ފޯމެެއް ހުށަޅާފައިނުވާތީ "އާއްމު ރައްޔިތުންގެ ޕާޓީ" ގެ ހުއްދަ ބާތިލުކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
މިކަން ހާމަކުރެއްވީ އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބެވެ.
ހަބީބް ޓްވީޓާގައި ވިދާޅުވެފައިވަނީ "ޢާންމު ރައްޔިތުންގެ ޕާޓީ" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށްޓަކައި ސ. ހިތަދޫ، ކަނަންދޫގެ، އަޙްމަދު ސަޢީދަށް އީސީ އިން ދީފައިވާ ހުއްދައިގެ މުއްދަތު ހަމަވިއިރު، އެއްވެސް ފޯމެއް ހުށަހަޅުއްވާފައި ނުވާތީ، އެ ހުއްދަ ކޮމިޝަނުން ބާޠިލް ކޮށްފި ކަމަށެވެ.
2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު އެ ހުއްދަ ދީފައިވަނީ އައްޑޫ ސިޓީ ހިތަދޫ ކަނަދޫގޭ އަހްމަދު ސައީދަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް