ލިފްޓު ތެރޭގައި ޖިންސީ ގޯނާކުރި މައްސަލައިގާ މީހަކު ހޯދަން އިއުލާނުކޮށްފި

މާލޭ ގެއެއްގެ ލިފްޓުގެ ތެރޭގައި އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައާއި ގުޅިގެން މީހަކު ހޯދަން ފުލުހުން ވީޑިއޯއެއް އާންމުކޮށްފިއެވެ. ފުލުހުން ބުނެފައިވަނީ އެ ވީޑިއޯއިން ފެންނަ މީހާއަކީ ފުލުހުންނަށް ...

22 Jun 2022 | 05:32

މާލޭ ގެއެއްގެ ލިފްޓުގެ ތެރޭގައި އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައާއި ގުޅިގެން މީހަކު ހޯދަން ފުލުހުން ވީޑިއޯއެއް އާންމުކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ އެ ވީޑިއޯއިން ފެންނަ މީހާއަކީ ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން ފެމިލީ އެންޑް ޖެންޑަރ އެފެއާޒް ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަކާއި ގުޅިގެން ހޯދަމުން އަންނަ މީހެއް ކަމަށެވެ. މިހާތަނަށް އެއީ ކާކުކަން ދެނެގަނެވިފައިނުވާކަމަށެވެ.

އެމީހަކު ހޯދަނީ ކޮން މައްސަލައަކާއި ގުޅިގެންކަން ފުލުހުން ހާމައެއް ނުކުރެއެވެ.

ދުވަަހަށް އެނގިފައިވާގޮތުގައި މި މީހަކު ހޯދަނީ މި މަހުގެ 13 ވަނަ ދުވަހުގެ ރޭ ހެންވޭރު ގެއެއްގެ ލިފްޓެއްގެ ތެރޭގައި އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް