ހަމަނުޖެހުންތަކުގެ ޒިންމާ ނަގަން ޖެހޭނީ މަޚްލޫފް: ޝައިޚް ނިޝާން

އަންގާރަ ދުވަހުގެ ހެނދުނު ގަލޮޅު ދަނޑުގައި ކުރިއަށްދިޔަ ޔޯގާ ހަރަކާތް ހުއްޓުވުމަށް ހިންގި ހަމަނުޖެހުން ތަކުގެ ޒިންމާ ނަގަން ޖެހޭނީ އެކަން އިންތިޒާމް ކުރި ޔޫތް މިނިސްޓަރ އަޙުމަދު މަޚްލޫފް ކަމަށް ރާއްޖޭ...

22 Jun 2022 | 05:20

އަންގާރަ ދުވަހުގެ ހެނދުނު ގަލޮޅު ދަނޑުގައި ކުރިއަށްދިޔަ ޔޯގާ ހަރަކާތް ހުއްޓުވުމަށް ހިންގި ހަމަނުޖެހުން ތަކުގެ ޒިންމާ ނަގަން ޖެހޭނީ އެކަން އިންތިޒާމް ކުރި ޔޫތް މިނިސްޓަރ އަޙުމަދު މަޚްލޫފް ކަމަށް ރާއްޖޭގެ މަޝްޙޫރު ދީނީ ޢިލްމުވެރިޔާ އައްޝައިޚް އާދަމް ނިޝާން ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު ފާހަގަކުރާ މި އަހަރުގެ ބައިނަލްއަގްވާމީ ޔޯގާ ދުވަހާ ގުޅިގެން ގަލޮޅު ދަނޑުގައި ކުރިއަށް ގެންދިޔަ ޔޯގާ ހަރަކާތުގެ ތެރެއަށް ބަޔަކު ވަދެ އެތަނުގައި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން އަމިއްލަ ފޭސްބުކް އެކައުންޓުގައި އާންމުކުރި ސްޓޭޓްމަންޓެއްގައި ޝައިޚް ނިޝާން ވިދާޅުވީ

އިއްޔެ ހިނގައި ދިޔަ ކަންތައްތަކުގެ އެންމެ ބޮޑު ޒިންމާއެއް ނަގަން ޖެހޭނީ މަރުދީފައި ކޮންމެ ގޮތަކުންވިޔަސް އެކަން އިންތިޒާމް ކުރި ޔޫތު މިނިސްޓަރ މަޚްލޫފް ކަމަށެވެ.

ޝައިޚްގެ ފޭސްބުކް ޕޯސްޓުގައި އިތުރަށް ވިދާޅުވެފައިވަނީ ޔޯގާ ހަރަކާތުގެ ހުރި ނުބައިކަމާއި ނުރައްކާތެރިކަން އެނގި ރައްޔިތުންގެ ޝަކުވާތައް ލިބުމާއި އެކު މާލެ ސިޓީ ކައުންސިލުން ރަސްފަންނު ނުދޭން ނިންމުމުން ވެސް ރާއްޖޭގެ އެންމެ ޢިއްޒަތާއި ޝަރަފުގައި ޙަފްލާތައް ބާއްވާ ގަލޮޅު ދަނޑު ހަމަޖައްސައި ރަސްމީ ޢިއްޒަތާއި ޝަރަފުގައި އެކަން ބޭއްވީ ކަމަށެވެ.

އަދި އެކަން އެގޮތައް ކުރީ ދިވެހި މުސްލިމު ރައްޔިތުން ރުޅި އަރުވައި ލޭކައްކުވަން ނޫން ދެންވަކި ކޮންކަމަކުކަމާއި މެދު ޝައިޚް ވަނީ ސުވާލު އުފައްދާފައެވެ.

އަދި މީގެ އިތުރުން މަޚްލޫފް ހަރުއަޑުން އިންޓަވިއު ދީ ދޮގު ބުހުތާނު ހަދައި ދީނާއި ސިޔާސަތު ވަކިކުރަން ގޮވާލާފައިވާއިރު، އެކުރެވުނީވެސް ވަކި ކުޑަކަމެއް ނޫން ކަމަށް ވެސް ޝައިޚް ވަނީ ވިދާޅުވެފައެވެ.

އަދި މިނިސްޓަރ މަޚްލޫފް އެ ފައްޓަވައިދެއްވާފައިވަނީ ރަސްމީ ޢިއްޒަތާއި ޙިމާޔަތުގައި، މިފަސްގަނޑުގައި ﷲ ފިޔަވައި އެހެން ފަރާތްތަކަށް އަޅުކަން ކުރުމުގެ ފުރުޞަތު ކަމަށް ވެސް ޝައިޟް ވިދާޅުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް