ވައިގަދަވެ ގދ. ތިނަދޫ ގެއެއްގެ ފާރު ވެއްޓިއްޖެ

ވައި ގަދަވުމުގެ ސަބަބުން ގދ. ތިނަދޫ ގެއެއްގެ މަގުމަތީ ފާރު ވެއްޓިއްޖެއެވެ. ގާފު އޮންލައިންގައިި ރިޕޯޓުކޮށްފައިވާ ގޮތުން އެގޭގެ ފާރު ވެއްޓިފައިވަނީ ރޭ 12:14 އެހާކަންހާއިރުއެވެ. އަދި އެސަަރަހައްދުގައި އ...

22 Jun 2022 | 05:16

ވައި ގަދަވުމުގެ ސަބަބުން ގދ. ތިނަދޫ ގެއެއްގެ މަގުމަތީ ފާރު ވެއްޓިއްޖެއެވެ.

ގާފު އޮންލައިންގައިި ރިޕޯޓުކޮށްފައިވާ ގޮތުން އެގޭގެ ފާރު ވެއްޓިފައިވަނީ ރޭ 12:14 އެހާކަންހާއިރުއެވެ.

އަދި އެސަަރަހައްދުގައި އެވަގުތު ހުރި މީހަކާއި ހަވާލާދީ ގާފު އޮންލައިނުގައި ބުނެފައިވާ ގޮތުގައި ވައިގަދަވި ގަޑީގައި ބާރު އަޑެއް އިވިގެން ބެލިއިރު ފާރުގެ ބޮޑުބައެއް ވެއްޓިފައިވާ ކަމަށެވެ.

މީގެ އިތުރުން އެގޭ މަގުމަތީ ފާރުގެ ގާތްގަނޑަކަށް 70 ވަރަކަށް ފޫޓު އެއްކޮށް މަގުމައްޗަށް ވެއްޓިފައިވާ ކަމަށާއި އަދި

މީގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާކަމުގެ މަޢުލޫމާތު ލިބިފައިނުވާ ކަމަށް ގާފު އޮންލައިނުން ރިޕޯޓުކޮށްފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް