އިއްޔެ ބާއްވަން އުޅުނު ޔޯގާ އިވެންޓް ހުއްޓުވަން ޒުވާނުން ދަނޑަށް ވަދެގަތީ ޔޯގާ އާ ދެކޮޅަށް ކުރިއަށްގެންދިޔަ ހަރަކާތް ނިންމާލިކަން އިއުލާނުކުރި ފަހުން ކަމުގައި ޝައިޚް އާދަމް ނިޝާން ވިދާޅުވެއްޖެއެވެެ.
ޝައިޚް ނިޝާން މިހެން ވިދާޅުވީ އެކަމަކީ ސަލަފުން ކުރި ކަމެއް ކަމަށް ސިފަވާގޮތަށް މިނިސްޓަރު މަހްލޫފު ވިދާޅުވެފައިވާއިރު އެކަމާއި ގުޅޭގޮތުންނެވެ.
ޝައިޙް ވިދާޅުވެފައިވަނީ އަޑުު އުފުލަން ގަލޮޅު ދަނޑު ސަރަހައްދަށް ދާން އޭނާ ނިންމުމުން، އެކަމަކީ ރަނގަޅު ކަމެއް ކަމަށް ނުފެންނަ ކަމަށާއި ޝަރުއީ ހަމަތަކާއި އުސޫލުތަކުގެ ބޭރުން ހަމަނުޖެހުން ހިންގައި ގޯހެއް ހަދާފާނެކަމަށްބުނެ އެންމެ ފުރަތަމަ އޭނާއަށް ނަސޭހަތްތެރިވި އިލްމުވެރިންގެ ތެރޭގައި ސަލަފުގެ އިލްމުވެރިން ހިމެނޭ ކަމަށެވެ.
"އެޔާއެކުވެސް އެ ހަރަކާތާއި ދެކޮޅަށް އަޑު އުފުލައި ހައްގު ބަސް ބުނުމަށް ދާން ނިންމީ މި ޝިރުކުގެ ނުބައިކަމާއި ބޮޑުކަމުން" ޝައިޚް ވިދާޅުވެފައިވެއެވެ.
ޝައިޚް ނިޝާން ވިދާޅުވެފައިވަނީ އެ ހަރަކާތް ރޭވީ ސަލަފަކުން ނޫން ކަމަށެވެ. މަގޭ ނަބިއްޔާ ހަރަކާތް އިންތިޒާމުކުރި ޒުވާނުންނެއްވެސް ނޫން ކަމަށެވެެ.
"އެ ޒުވާނުން ބަސް ގަބޫލުނުކޮށް ދަނޑަށް ވަަންނަން ދިމާކުރުމުން އަޅުގަނޑުމެން ވާނީ ވަގުތުން އެ ހަރަކާތް ނިންމާލިކަން އިއުލާނުކޮށް އެތަން ދޫކޮށް ގޮސްފައި" ޝައިޚް ނިޝާން ވިދާޅުވެފައިވެއެވެ.
އޭނާ އިތުރަށް ވިދާޅުވެފައިވަނީ ޒުވާނުން ވަދެގަތުމުން ހުއްޓުވަންވެސް ފުލުހުން މާ ބޮޑު މަސައްކަތެއް ނުކުރާކަމަށެވެ. އަދި އެކަން އެ ހިސާބަށް ދިޔައީވެސް ޝިރުކުގެ އެ ބޮޑު މުންކަރާތް ހުއްޓުވުމުގެ ޒިންމާ ދީނީގޮތުންނާއި ގާނޫނީ ގޮތުންވެސް ބޮލުގައި އެޅިފައިވާ ފަރާތްކަމުގައިވާ ދައުލަތުން އެކަން އިންތިޒާމުކޮށް ރަސްމީ އިއްޒަތާއި ޝަރަފުގައި އެކަން ކުރުމުގެ ސަބަބުން ކަމުގައިވެސް ޝައިޚް ނިޝާން ވިދާޅުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް