ފްރާންސްގައި އަލުން "ބުރްކިނީ" ހުއްދަ ކުރަން ކޯޓުން ދެކޮޅު ހަދައިފި

ފްރާންސްގައި އަލުން ބުރްކިނީ ހުއްދަ ކުރަން ކޯޓުން ދެކޮޅު ހަދައިފި އެވެ. ބުރްކިނީ އަކީ މޫނާއި އަތް އަދި ފައިތިލަ ފިޔަވައި ގައިގެ ހުރިހާތަނެއް ނިވާވާ ގޮތަށް، މޫދަށް އެރެން ފަރުމާކޮށްފައިވާ ސޫޓެކެވެ. ފްރ...

22 Jun 2022 | 02:54

ފްރާންސްގައި އަލުން ބުރްކިނީ ހުއްދަ ކުރަން ކޯޓުން ދެކޮޅު ހަދައިފި އެވެ.

ބުރްކިނީ އަކީ މޫނާއި އަތް އަދި ފައިތިލަ ފިޔަވައި ގައިގެ ހުރިހާތަނެއް ނިވާވާ ގޮތަށް، މޫދަށް އެރެން ފަރުމާކޮށްފައިވާ ސޫޓެކެވެ. ފްރާންސްގައި ބުރްކިނީ އެޅުން މަނާ ކުރީ2016 ވަނަ އަހަރު އެ ގައުމުގައި ދިން ޓެރަރިސްޓު ހަމަލާ އަކާއި ގުޅިގެން ދީނީ ހަރުކަށި ވިސްނުމާ ދެކޮޅަށް ކަމަށް ބުނެ އެވެ.

ބުރުކިނީ އެޅުމުގެ ހުއްދަ އަލުން ދިނުމަށް ގޮވާލާ އެ ގައުމުގެ އެންމެ މަތީ އެޑްމިނިސްޓްރޭޓިވް ކޯޓަށް މައްސަލަ ހުށަހެޅީ ފްރާންސްގެ ސިޓީއެއް ކަމަށްވާ ގްރެނޯބަލްގެ ސިޓީ ކައުންސިލުންނެވެ. އެ  މައްސަލައިގަ އެދިފައިވަނީ އެ ސިޓީގައި ހުރިހާ ވައްތަރެއްގެ ސްވިމްވެއާ ލުމުގެ ހުއްދަ ދިނުމަށެވެ. އަދި ހާއްސަކޮށް ކޯޓު އަމުރުގައި “ބުކްރިކިނީ” ނަން ފާހަގަ ކުރުމަށް އެދިފައިވެ އެވެ.

މި މައްސަލައިގަ އެ ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ އެ ސިޓީ ކައުންސިލުން އެދިފައިވަނީ ވަކި ބަޔަކަށް ބުރަވެ އޮވެ ކަމަށެވެ. އެކަމަކު އެގޮތަށް ވަކި ދީނަކަށް ކަމެއްކޮށްދިނުމުގެ ގޮތުން ބުރުކިނީ ބޭނުން ކުރުމަށް އަދި ހުއްދަދެވެން ނެތް ކަމަށެވެ.

އެ ކޯޓަށް މައްސަލަ ހުށަހެޅުމުގެ ކުރިން ގްރެނޯބަލްގެ ލޯކަލް ކޯޓަށް ހުށަހަޅައިގެން އެ ސިޓީގައި ބުރްކިނީ މަނާކޮށްފައި އޮތް އޮތުން ވަނީ ސަސްޕެންޑުކޮށްފަ އެވެ. އެޑްމިނިސްޓްރޭޓިވް ކޯޓުގެ މި ނިންމުމާއި އެކު ގްރެނޯބަލްގެ ލޯކަލް ކޯޓުގެ ނިންމުމަށް އަމަލު ކުރުން ވަނީ މަޑުޖަައްސާލަން ޖެހިފަ އެވެ.

މި މައްސަލަ މަތީ އެޑްމިނިސްޓްރޭޓިވް ކޯޓަށް ހުށަހެޅުމުން ފްރާންސްގެ އިންޓީރިއާ މިނިސްޓަރު ގެރާލްޑް ޑާމަނިން ވިދާޅުވީ ގްރެނޯބަލްގެ ސިޓީ ކައުންސިލުގެ އެ ޕޮލިސީއަކީ ގަބޫލު ކުރަން ދަތި ގޮންޖެހުމުގެ އަމަލެއް ކަމަށެވެ. އެއީ “ބުރްކިނީ” މަނާ ކުރީ ކީއްވެގެންކަން އެ ސިޓީގެ ވެރިންނަށް ކަނޑައެޅިގެން އެނގި ތިބެ އެފަދަ މައްސަލައެއް ކޯޓަށް ހުށަހެޅުމުން ކަމަށެވެ.

ފްރާންސްގައި ބުރްކިނީ މަނާ ކުރުމުން ފެޝަން އިންޑަސްޓްރީގެ ގިނަ ބައެއްގެ ފާޑުކިޔުން އެ ގައުމަށް އަމާޒުވި އެވެ.

އެ ފަރާތްތަކުން އޭރު ބުނީ ބުރްކިނީ ލައިގެން މޫދަށާއި ސުވިމިންޕޫލަށް އެރެނީ ހަމައެކަނި މުސްލިމުން ނޫން ކަމަށެވެ. ގައިރު މުސްލިމުންގެ މެދުގައިވެސް ބުރްކިނީ މަޝްހޫރު ކަމަށާއި ހާއްސަކޮށް ހަމުގެ ކެންސަރު ފަދަ ބަލިތަކުން ރައްކާތެރިވުމަށް ގައިރު މުސްލިމުން ފްރާންސާއި ޔޫރަޕްގެ އެހެން ގައުމުތަކުގައި ބުރްކިނީ ލައި އުޅޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް