ހުޅުމާލޭ މިސްކިތެއްގައި މާރާމާރީ ހިންގި މައްސަލައެއް ތަހުގީގު ކުރަމުން ދާކަމަށް ފުލުހުން ބުނެފިއެވެ.
މިސްކިތެއްގައި ހަމަނުޖެހުން ހިންގިތަނުގެ ވީޑިއޯއެއް ފުލުހުންގެ މީޑިއާ ގްރޫޕްގައި ހިއްސާކުރަމުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ފުލުހުން ވިދާޅުވީ، ހުޅުމާލޭ ވަގުތީ މިސްކިތެއްގައި މީހުންނަށް އުނދަގޫ ކުރި މީހަކަށް ނަސޭހަތް ދިން މީހަކާ މާރާމާރީ ހިންގާފައި ވާ ކަމަށެވެ.
171 ނަންބަރު ފްލެޓް ކައިރީގައި ހުންނަ މިސްކިތަށް ވަދެ އަޑުގަދަކޮށް، މީހުނަށް އުނދަގޫ ކުރި މީހަކަށް، އެކަން އެގޮތަށް ނުކުރުމަށް ނަސޭހަތްތެރިވި މީހަކާ މާރާމާރީ ހިންގި މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުނެއެވެ..
މިރޭ 18:38 ހާއިރު މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވާއިރު، މި މައްސަލަ ތަހުގީގު ކުރަމުން ދާކަމަށް ފުލުހުން ބުނެފައިވެއެވެ.
މިސްކިތުގައި އަޑުގަދަކޮށް، ހަޑިހުތުރު ބަސްތައް ބޭނުން ކުރާތަން ވީޑިއޯއިން ފެނެއެވެ. އަދި އެވަގުތު އެތަނުގައި އެހެން މީހުންވެސް ތިބި އިރު، ވީޑިއޯއިން ފެންނަ ގޮތުގައި މިކަން ހިނގާފައި ވަނީ ދެ މީހެއްގެ ދެމެދުގައެވެ.
ދެމީހުންގެ ދެމެދުގައި ހިނގި ހިތްހަމަ ނުޖެހުމުގެ ތެރޭގައި ދެމީހުން ދެމީހުންގެ ގައިގައި ޖަހާތަން ވީޑިއޯއިން ފެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް