ރާއްޖެއިން އިތުރ 145 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ އޭގެ ތެރެއިން މާލެއިން ޕޮސިޓިވްވެފައިވަނީ 61 މީހުން ކަމަށެވެ. އަދި އަތޮޅު ތެރެއިން ޕޮސިޓިވްވެފައިވަނީ 77 މީހުން ކަމަށެވެ. އިތުރަށް ޕޮސިޓިވްވެފައިވަނީ ހަތް މީހުންނެވެ.
މިއަދު ކޯވިޑަށް ޓެސްޓު ކޮށްފައިވަނީ 4،548 ސާމްޕަލެވެ.
މިވަގުތު ކޯވިޑަށް ފަރުވާ ދެމުން ދަނީ 4،569 މީހުންނަށެވެ. އޭގެ ތެރެއިން 39 މީހުުންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.
ކޯވިޑް ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ރަނގަޅުވެފައިވަނީ 67،507 މީހުންނެވެ.
މިއަދު މިހާތަނަށް ކޯވިޑްގައި މަރުވެފައިވަނީ އެންމެ މީހެކެވެ. އެއީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ އުމުރުން 79 އަހަރުގެ މީހެކެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑްގައި މަރުވި މީހުންގެ އަދަދު މިއަދު ވަނީ 207 އަށް އަރާފައި އެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް 72،294 މީހުން ޕޮސިޓިވްވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް