ކުޑަކުއްޖާގެ ބަންދަށް 15 ދުވަސް، 27 އަހަރު މީހާ ޝަރިއަތް ނިމެންދެން ބަންދުކޮށްފި

ރަހީނުކޮށް 13 އަހަރުގެ ކުޑަ ކުއްޖާ މަރާލި މައްސަލައިގަ ހައްޔަރު ކުރި ދެމީހުންގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ. އެ ދެމީހުން ހައްޔަރު ކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ ހެންވޭރު ގެސްޓު ހައުސް އަ...

22 Jun 2021 | 16:48

ރަހީނުކޮށް 13 އަހަރުގެ ކުޑަ ކުއްޖާ މަރާލި މައްސަލައިގަ ހައްޔަރު ކުރި ދެމީހުންގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ.

އެ ދެމީހުން ހައްޔަރު ކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ ހެންވޭރު ގެސްޓު ހައުސް އަކުންނެވެ. އެމީހުންނަކީ އެ ކުއްޖާ މަރާލުމުގައި ބައިވެރިވި މީހުންނެވެ.

އޭގެ ތެރެއިން ކުޑަކުއްޖާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ޖުވެނައިލް ކޯޓަށް ހާޒިރު ކުރުމުން އެ ކުއްޖާގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފައި އެވެ. އަދި 27 އަހަރުގެ މީހާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެމީހާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރު ކުރި އެވެ.

ފުލުހުން އެ ދެމީހުންގެ މައްޗަށް ތުހުމަތު ކުރަނީ 13 އަހަރު ކުއްޖާ މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމުގެ ތުހުމަތެވެ.

އެ ކުއްޖާ މަރާލާފައި އޮއްވަ ފެނިފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީ އިރުމަތީފަރާތު މޫދުގައި ފޮއްޓަކަށް ލާފައި އޮއްވަ އެވެ. ފުލުހުން މިއަދު ބުނީ މި މައްސަލައިގަ ފުލުހުންގެ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުއްޖާ މަރާލާފައިވަނީ ކަރުގައި އެއްޗެއް އޮޅައި ބާރުކޮށްގެން ކަމަށް ލަފާކުރެވެ އެވެ. އަދި ކުއްޖާއަށް ވަރަށް ބޮޑަށް އަނިޔާ ކޮށްފައިވާ ކަމަށް މަންޒަރުދުށް މީހުން މީޑިއާގައި ބުނެފައިވެ އެވެ.

ފުލުހުން ވަނީ މި މައްސަލައިގަ އާންމުންނަށް ލިބިފައިވާ މައުލޫމާތެއް ވާނަމަ ފުލުހުންނާއި ހިއްސާ ކުރަން އެދިފައި އެވެ.

ފުލުހުން ބުނީ މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް