އަލީގެ މައްސަލައިގަ ގާނޫނާއި ހިލާފުވަނީ އެއް ގާޒީއެއް، ޖޭއެސްސީއަށް ފިޔަވަޅު އެޅޭތަނެއް ނުފެނޭ: އުޝާމް

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލައިގަ ހުރިހާ ކަމެއް ގާނޫނު އަސާސީ އާއި ހިލާފަށް ހިންގަމުން ދަނީ އެއް ގާޒީއެއް ކަމަށް ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ. އަލީ ވަހީދު ...

22 Jun 2021 | 16:29

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލައިގަ ހުރިހާ ކަމެއް ގާނޫނު އަސާސީ އާއި ހިލާފަށް ހިންގަމުން ދަނީ އެއް ގާޒީއެއް ކަމަށް ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

އަލީ ވަހީދު ރާއްޖޭގެ ގާނޫނު ނުހިނގާތަނެއްގައި ހުންވައިގެން އޭނާ އާއި ދެކޮޅަށް އުފުލާފައިވާ ޝަރީއަތްތަކުގައި ބައިވެރިވާ މައްސަލައިގަ ޕީޖީން ދަނީ އެ ޝަރީއަތް ކުރިޔަށް ނުގެންދެވޭނެ ކަމަށް ބުނަމުންނެވެ. އުޝާމް މިހެން މިހެން ވިދާޅުވީ ޕީޖީ ޝަމީމް އެ މައްސަލައިގަ ކުރެއްވި ޓުވީޓަކާއި ގުޅޭގޮތުން ކުރެއްވި ޓުވީޓެއްގައި އެވެ.

އުޝާމް ވިދާޅުވީ އަލީ ފުރުވާލީ ގާނޫނާހިލާފަށް ކަމަށެވެ. އަދި އަލީގެ ޝަރީއަތް މިހާރު ކުރިޔަށް ގެންދަނީވެސް ގާނޫނާއި ހިލާފަށް ކަމަށެވެ.

އުޝާމް ވިދާޅުވީ މިހުރިހާ ކަމެއް ކުރައްވަނީ އެއް ގާޒީއެއް ކަމަށެވެ. ތަކުރާރުކޮށް ގާނޫނާ ހިލާފަށް ކަންކަން ކުރަމުންދާއިރުވެސް މިގާޒީގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަނަށް ބެލޭ ކަމަށް ނުވި ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސިޔާސީ ފަރާތްތަކުގެ ނުފޫޒު ޖުޑީޝަރީގަ އޮތްހާ ދުވަހަކު އިންސާފު ގާއިމެއް ނުކުރެވޭނެ ކަމަށެވެ.

https://twitter.com/a_usham/status/1407300978420817927

ޕީޖީ ހުސައިން ޝަމީމު ޓުވީޓާގައި ވިދާޅުވީ ރިހާކުރު ފުޅިއެއް ވަގަށް ނެގި މީހާގެ މައްސަލައިގަ އޭނާ ކޯޓަށް ހާޒިރު ކޮށް ޝަރީއަތް ކޮށްފައިވާ ކަމަށެވެ. އެކަމަކު އެހެން މީހަކު ވީމަ ރާއްޖޭގެ އިހްތިސާސް ނުހިނގާ ތަނެއްގައި ސުޕްރީމް ކޯޓުގެ ގަވައިދާ ހިލާފަށް ޝަރީއަތް ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.

ޝަމީމް ވިދާޅުވީ އެއީ ގާނޫނު އަސާސީގެ19 ވަނަ މާއްދާގައި ބުނާ ހަމައެއް ނޫން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް