އުމުރުން 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް މަރާލުން، އާކުން އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކޮށްފި

ހުޅުމާލޭގައި އުމުރުން 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް މަރާލި މައްސަލަ އާކްއިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ކަމާބެހޭ އިދާރާތްތަކުން މިމައްސަލަ އަވަހަށް އަދި ހާމަކަން ބޮޑުގޮތަކަށް ތަޙްގީގުކ...

22 Jun 2021 | 13:48

ހުޅުމާލޭގައި އުމުރުން 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް މަރާލި މައްސަލަ އާކްއިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ކަމާބެހޭ އިދާރާތްތަކުން މިމައްސަލަ އަވަހަށް އަދި ހާމަކަން ބޮޑުގޮތަކަށް ތަޙްގީގުކުރުމަށް ގޮވާލައިފިއެވެ.

މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ގެއްލިފައިވާކަމަށް ރިޕޯޓުކޮށްފައިވާ މި ކުއްޖާގެ އާއިލާ އަދި ރަށްޓެހިންނަށް މި ހިތާމަވެރި ދަނޑިވަޅުގައި އާކުން ވަނީ ތައުޒިޔާ ފޮނުވާފައެވެ.

އާކްއިން ބުނެފައި ވަނީ، ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވައި އަދި މިފަދަ ބޮޑެތި ކުށްތައް ކުރާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުން އަވަސްކުރަންޖެހޭ ކަމަށެވެ.

އަދި ކުޑަކުދިންނަށް ކުރާ އަނިޔާ އިތުރުވަމުންދަނީ ކުޑަކުދިން ރައްކާތެރިކުރުމުގެ ނިޒާމުގައި ހުރި ބޮޑެތި މައްސަލަތަކާއި، ޤާނޫނު ތަންފީޒުކުރާ ފަރާތްތަކާއި ޝަރުޢީ އަދި އިޖްތިމާއީ ދާއިރާފަދަ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޒިންމާ އޮތް ފަރާތްތަކުގެތެރޭގައި ރަނގަޅުކުރަން ހުރި ގިނަ ކަންތައްތަކެއް ހައްލުނުކުރެވުމުގެ ސަބަބުން ކަމަށް އާކް އިން ފާހަގަކޮށްފައި ވެއެވެ.

މިފަދަ މައްސަލަތަކުގެ ސީރިއަސްކަން އިތުރުވެ ބޮޑެތި އަނިޔާތަކާއި މަރުގެ މައްސަލަތައް ގިނަވަމުންދިއުމަކީވެސް ކަންބޮޑުވާ ކަމެެއ ކަމަށް އާކްއިން ބުނެފައި ވެއެވެ.

އަނިޔާއިން ކުޑަކުދިން ރައްކާތެރިކޮށް އެކުދިންގެ ޙައްޤުތައް ކަށަވަރުކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކާއެކު މަސައްކަތްކުރުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަން އާކްއިން ދީފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް