ހާލުގައި ޖެހުނު ބޭރުގެ ޔޮޓެއް މާލެ ފަޅަށް ވަދެފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، ރާއްޖެއިންބޭރުގެ ޔޮޓެއް ހާލުގައި ޖެހިގެން އަހިސް، މާލެ ނަސަންދުރަ އާ ދިމާ ފަޅުތެރެއަށް ވަދެފައިވާ ކަމުގެ މައުލޫމާތު މިއަދު 17:00 ހާއިރު ފުލުހުންނަށް ލިބިފައިވާކަމަށެވެ.
މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންތައްތައް ބަލަމުން ދާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފް އިން ބުނެފައި ވަނީ، މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މިއީ ހާލުގައި ޖެހުނު ޔޮޓެއްކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
އަދި މިހާރު އެމްއެންޑީއެފް ކޯސްޑްގާޑްގެ ބެލުމުގެ ދަށުން މި ޔޮޓް ހުޅުމާލެއަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް