މަރާލި ކުއްޖާގެ ޒާތީ މައުލޫމާތާއި ފޮޓޯ ނޫސްތަކުން ނެގުމަށް އެމްއެމްސީން އަންގައިފި

ކުއްޖާގެ ޒާތީ މައުލޫމާތު ނޫސްތަކުން ނެގުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން އަންގައިފިއެވެ. 13 އަހަރުގެ ކުއްޖަކު ރަހީނުކޮށްގެން މަރާލާފައި އޮއްވާ ފެނުމާ ގުޅިގެން، ރާއްޖޭގެ މީޑިއާތަކުގަ...

22 Jun 2021 | 13:07

ކުއްޖާގެ ޒާތީ މައުލޫމާތު ނޫސްތަކުން ނެގުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން އަންގައިފިއެވެ.

13 އަހަރުގެ ކުއްޖަކު ރަހީނުކޮށްގެން މަރާލާފައި އޮއްވާ ފެނުމާ ގުޅިގެން، ރާއްޖޭގެ މީޑިއާތަކުގައި މިވަގުތު ފެތުރެމުންދާ އެކި ޚަބަރުތަކާ ގުޅިގެން އެމްއެމްސީއިން ނެރުނު ނޫސްބަޔާނުގައި ވަނީ، ކުޑަކުދިންގެ ޙައްގުތައް ރައްކާތެރި ކުރުމުގެ ޤާނޫނާ ޚިލާފަށް މި މައްސަލައިގައި ބައެއް މީޑިއާއިން މައުލޫމާތު ފަތުރާފައި ވާ ކަމަށެވެ.

އެގޮތުން، ކުޑަކުދިން ހިމެނޭ މައްސަލަތަކުގެ ޚަބާރާއި މައުލޫމާތު ޝާޢިރު ކުރުމުގައި، މީޑިއާގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ޢަމަލުކުރަން ޖެހޭ ހަމަތަކާއި މިންގަނޑުތައް ބަޔާންކުރާ އުސޫލު އަދި ގައިޑްލައިންއާ ޚިލާފަށް އެ ޚަބަރު ނޫސްތަކުގައި ޝާޢިރު ކޮށްފައި ވާތީ، އެކަން އެ ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

އެގޮތުން ކުއްޖާގެ ފޮޓޯއާއި ނަން އަދި ކުއްޖާއަކީ ކާކުކަން ދެނެގަނެވޭނެ ފަދަ ޒާތީ އެކި މައުލޫމާތު ބޭނުންކުރުމާއި ޞައްޙަ ނޫން މައުލޫމާތު ބޭނުންކުރުން ފަދަ ކަންކަން އެ ކައުންސިލްގެ ސަމާލުކަމަށް އަހިސްފައިވާ ކަމަށް މީޑިއާ ކައުންސިލްގެ ނޫސްބަޔާނުގައި ވެއެވެ.

އެހެންކަމުން މި މައްސަލައާ ގުޅިހެން ޚަބަރުތައް ގެނެސްދޭއިރު، ކުޑަކުދިންނާ ގުޅުންހުރި މައްސަލަތައް ގެނެސްދޭއިރު، އެ ޤާނޫނުތަކާއި އުސޫލުތަކާ އެއްގޮތަށް ޢަމަލުކުރުމަށް އެމްއެމްސީއިން ގޮވާލާފައި ވެއެވެ.

އަދި އެގޮތަށް ޢަމަލު ނުކުރާ މީޑިއާތަކާ މެދު ފިޔަވަޅު އަޅަމުން ދާނެ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލްގެ ބަޔާނުގައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް