ރަހީނުކޮށް މަރާލި ކުއްޖާގެ މައްސަލައިގަ މައުލޫމާތު ދިނުމަށް ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ބަޔާނެއް ދޭން ތައްުޔާރުވެއްޖެ އެވެ.
މިދިޔަ އާދިއްތަ ދުވަހު ގެއްލިގެން ރިޕޯޓު ކުރި އެއް ކުއްޖާ ފެނިފައިވަނީ ރޭ މެންދަމު 2:30 ހާއިރު މަރާލާފައި އޮއްވަ އެވެ. އެ ކުއްޖާ ފެނުނީ ހުޅުމާލޭ ދެ ވަނަ ފިޔަވަހީ މޫދު ގައި ފޮއްޓަކަށް ލާފަ އޮއްވަ އެވެ.
ފުލުހުން ބުނީ އެ އިދާރާ އާއި ޖެންޑާ ގުޅިގެން މިއަދު ހަވީރު ހާއްސަ ބަޔާނެއް ނެރުމަށް ނިންމާފައިވާ ކަމަށެވެ. އެ ބަޔާން ހުރިހާ ޓީޗީ ޗެނަލްތަކުން ހަވީރު 4:30 ގައި ވަގުތުން ދުރަށް ދައްކާނެ ކަމަށް ބުނެ އެވެ.
އެ ކުއްޖާ މަރާލި މައްސަލައިގަ ހައްޔަރު ކޮށްފައިވަނީ17 އަހަރުގެ ކުއްޖަކާއި27 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި މައްސަލަ ފުލުހުން ދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް