ރާއިފުްގެ މަރު: ތުހުމަތުގައި ހައްޔަރުކުރި އެކަކީ އިބްރާހިމް ޒިހާން

ރަހީނުކޮށް ގދ. މަޑަވެލި އުމުރުން 13 އަހަރުގެ މުހައްމަދު ރާއިފް އަންވަރު މަރާލައި މޫދަށް އެއްލާލާފައި އޮއްވާ ފެނުނު މައްސަލައިގައި ފުލުހުން ހައްޔަރުކުރި 27 އަހަރުގެ މީހާއަކީ ނ. ލަންދޫ، ބަގީޗާގޭ، އިބްރާ...

22 Jun 2021 | 09:23

ރަހީނުކޮށް ގދ. މަޑަވެލި އުމުރުން 13 އަހަރުގެ މުހައްމަދު ރާއިފް އަންވަރު މަރާލައި މޫދަށް އެއްލާލާފައި އޮއްވާ ފެނުނު މައްސަލައިގައި ފުލުހުން ހައްޔަރުކުރި 27 އަހަރުގެ މީހާއަކީ ނ. ލަންދޫ، ބަގީޗާގޭ، އިބްރާހިމް ޒިހާން ކަމަށް އިތުބާރު ހުރި މަސްދަރަކުން "ދުވަސް" އަށް މައުލޫމާތު ލިބިއްޖެއެވެ.

ފުލުހުން މިހާތަނަށް އާއްމުކޮށްފައި ވަނީ 13 އަހަރުގެ މުހައްމަދު ރާއިފްގެ މަރުގެ މައްސަލައިގައި 27 އަހަރުގެ މީހަކާއި 17 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފައިވާ ކަމެވެ. މި ހާދިސާ އާއި ގުޅިގެން ފުލުހުން ވަނީ ދެ މީހަކު ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި 17 އަހަރުގެ ފިރިހެން ކުއްޖަކު ހިމެނެއެވެ. ދެން ހިމެނެނީ 27 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ ފިރިހެން މީހާއަކީ އިބްރާހިމް ޒިހާން ކަން ދުވަސް އަށް ވަނީ ކަށަވަރުވެފައެވެ.

ފުލުހުން ހައްޔަރުކުރި ދެމީހުން، ދެމީހުން ފެނިފައި ވަނީ ހެންވޭރު ދުނބުރިމަގުގައި ހުންނަ އެކްސްޓްރާ ހެވަން ކިޔާ ގެސްޓް ހައުސްއަކުންނެވެ. އެ ގެސްޓު ހައުސްގެ ކޮޓަރިއަކުން އެދެމީހުން ހައްޔަރު ކުރިއިރު އެ ކޮޓަރީ އެނދު ކައިރިން ލޭ ފެނިފައިވާ ކަމަށްވެއެވެ. އަދި އެ ކޮޓަރި ތެރެއިން ކަރުދާސް ކޮތަޅުގައި އެއްޗެހިތަކެއް ފުލުހުން ގެންދިޔަ ކަމަށްވެއެވެ.

އެ ކުއްޖާ ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކުރީ މިދިޔަ އަދިއްތަ ދުވަހު އެވެ. އެކުއްޖާ މަރާލާފައި އޮއްވަ ފެނިފައިވަނީ ރޭ ދަންވަރު 2:30 ހާއިރު އެވެ. އެ ކުއްޖާ މަރާލާފައި އޮއްވަ ފެނުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީ މޫދުންނެވެ. މޫދުގައި ކުއްޖާ އޮތީ ފޮއްޓަކަށް ލާފަ އެވެ. އެ ކުއްޖާގެ ހަޑިގަނޑު މިހާރު ވަނީ އައިޖީއެމްއެޗަށް ގެންގޮސްފަ އެވެ.

އެ ކުއްޖާގެ ހަށިގަނޑު ފެނުނު މީހަކު ކިޔައިދިން ގޮތުގައި ކަރުގައި ވަށް އެއްޗެއް ބައްދާފައި ހުރި ކަމުގެ ނިޝާންތައް ފެންނަން ހުއްޓެވެ. ބެލެވޭ ގޮތުގައި އެ ކުއްޖާ މަރާލީ ކަރުގައި އެއްޗެއް ބައްދައި ނޭވާ ހާސްކޮށްގެނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް