2019 ވަނަ އަހަރު ކްލީކް ކޮލެޖުން އިންތިޒާމްކޮށްގެން ބޭއްވި "ނެކްސްޓް ސްޓެޕް" އެކްސްޕޯއަށް ލިބުނު ތަރުހީބާއިއެކު، މިއެކްސްޕޯގެ ދެވަނަ ބުރެއް، މިހިނގާ ޖޫން މަހުގެ 23 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 13 ގެ ނިޔަލަށް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.
މިއީ، ސްކޫލް ނިންމާ ދަރިވަރުންނަށާއި، ބެލެނިވެރިންނާއި މުދައްރިސުން، އަދި މިނޫންވެސް ޝަޢުޤުވެރިކަން ހުރި ފަރާތްތަކަށް އަމާޒުކޮށްގެން، މަތީ ތަޢުލީމު ހާސިލު ކުރުމާއި، ތަމްރީނާއި ތަޖުރިބާ، އަދި ވަޒީފާ ހޯދުމާއި ބެހޭގޮތުން މަޢުލޫމާތު ޙިއްޞާކޮށް، މިފަދަ ފުރުޞަތު ތަނަވަސްކޮށްދިނުމުގެ މަޤްޞަދުގައި ބޭއްވޭ ޕުރޮގުރާމެކެވެ.
މި ޕުރޮގުރާމުގެ ތެރެއިން މިހާރު ދުނިޔެއަށް ފެތުރިފައިވާ ކޯވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި، ތަޢުލީމު ހާސިލުކޮށް ވަޒީފާގެ މައިދާނުން ކުރިއަށް ދިއުމަށް އެޅިފައިވާ ހުރަސްތަކަށް ރިޢާޔަތްކޮށް، މިފަދަ ދަނޑިވަޅެއްގައި އަމަލުކުރެވޭނެ ގޮތްތަކަށް އަލިއަޅުވާލެވިގެންދާނެ ކަމަށް އެ ކޮލެޖުން ބުނެއެވެ.
މި ޕްރޮގްރާމްގެ ދަށުން ކޮލެޖްގެ އެކި ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިގެން ދާނެއެވެ. މިގޮތުން، ބިޒްނަސް މެނޭޖްމަންޓް، ފައިނޭންސް، އައި.ޓީ، މާރކެޓިންގ، ހިއުމަން ރިސޯސް މެނޭޖްމަންޓް، ޓްރެވެލް، ޓުއަރިޒަމް އެންޑް ހޮސްޕިޓަލިޓީ، ޓީޗިންގ އެންޑް އެޑިއުކޭޝަން އަދި ކުޅިވަރާއި ފިޓްނަސްގެ ދާއިރާއިން ހުރި ކޯސްތައް ހިމެނެއެވެ.
މީގެ އިތުރުން، މިޕުރޮގުރާމުގައި، ރާއްޖެއާއި ރާއްޖޭން ބޭރުގެ ތަޢުލީމީ އަދި ފަންނީ އެކި ބޭފުޅުން، ފާހަގަކޮށްލެވޭ މުހިންމު މަޢުލޫތަކުން ބައިވެރިންނަށް މަޢުލޫމާތު ފޯރުކޮށްދިނުމަށް ވަނީ ރޭވިފައެވެ. މިގޮތުން ފާހަގަކޮށްލެވޭ ބައެއް މަޢުލޫތައް ތިރީގައި އެވަނީއެވެ.
-
- ވަނަވަރު ތައްޔާރު ކުރާނެ ގޮތް (ލިޔުން، ފަރުމާ ކުރުން، ލޭއައުޓް ހެދުން)
- އިންޓަރވިއު ސްކިލްސް (ތައްޔާރުވުން، ހަށިގަނޑުގެ ހަރަކާތްތައް، އިމްޕްރެސް ކުރުން)
- ލީޑަރޝިޕް އަދި ޕާސަނަލްޓީ ޑެވެލޮޕްމަންޓް ޓްރެއިނިންގ
- ވެލްނަސް އަދި ފިޓްނަސް
- ސްޓްރެސް މެނޭޖްމަންޓް
- ކްރޮސް-ކަލްޗަރަލް ކޮމިއުނިކޭޝަން
- މަރކެޓިންގ އަދި ޕީ.އާރް. ދާއިރާއިން ވަޒީފަ ހޯދުން
- މީޑިއާ އަދި ނުސްވެރިކަމުގެ ދާއިރާއިން ކުރިއަށް ދިއުން
- ފްރީ ޑިގްރީގެ ދަޝުން މަތީތައުލީމް ހާސިލް ކުރުން
މި ސެޝަންތައް ނަގައިދެވޭނީ ކޮންމެ ރެއަކު 8:00 އިން 9:00 އަށް އޮންލައިން ކޮށް ކަމަށް ކްލީކް ކޮލެޖުން ބުނެއެވެ. އަދި މަދުވެގެން %50 ސެޝަންތަކުގައި ބައިވެރިވާ ފަރާތްތަކަށް މި ޕުރޮގުރާމުގައި ބައިވެރިވިކަމުގެ ޑިޖިޓަލް ސެޓްފިކެޓް ހަވާލުކުރެވޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް