ޑޮލަރު ހޯދައިދޭނެކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދާ މީހެއް ދިވެހި ފުލުހުންގެ ޚިދުމަތުން ހޯދަން ފަށައިފިއެވެ.
ފުލުހުން ވަނީ އެ މީހާ ހޯދުމަށް ވީޑިއޯއެއް ވެސް އާންމުކޮށްފައެވެ.
ވީޑިއޯއިން ފެންނަ މީހާއަކީ 2021 އޭޕްރީލް 26 ވަނަ ދުވަހުގެ ވަގުތެއްގައި ޑޮލަރު ހޯދައިދޭނެކަމަށް ބުނެ މަކަރާއި ހީލަތުން ބިދޭސީއެއްގެ އަތުން ފައިސާ ހޯދާފައިވާ މައްސަލައާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެއް ކަމަށް ފުލުހުން ބުނެފައި ވެއެވެ.
https://youtu.be/MzkMa2xItxQ
ފުލުހުން ބުނީ މިމީހާއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުން އެދޭ ކަމަށެވެ.
މިމައްސަލައިގެ އިންސިޓެންޑް ނަންބަރަކީ 485538 އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް