ރަހީނުކޮށް މަރާލާފައި އޮއްވަ ރޭ ފެނުނު ކުއްޖާގެ ޕޯސްޓް މޯޓަމް ހަދަން ނިންމައިފި އެވެ.
އެ ކުއްޖާ މަރާލާފައި އޮއްވަ ފެނުނީ ކުއްޖާ ގެއްލިގެން އާއިލާއިން މިދިޔަ އާދިއްތަ ދުވަހު ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނިކޮށެވެ. މައުލޫމާތު ލިބޭ ގޮތުގައި މި ހާދިސާގައި މަރާލާފައިވަނީ ގދ. މަޑަަވެއްޔަށް ނިސްބަތްވާ ރާއިފް އަންވަރު އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ކުއްޖާގެ ޕޯސްޓު މޯޓަމް ހަދަން ނިންމާފައިވާ ކަމަށެވެ. އެކަމަކު ޕޯސްޓް މޯޓަމް ހަދަން ފޮނުވާ ގައުމެއް އަދި ދުވަހެއް އަދި ހާމައެއް ނުކުރެ އެވެ.
އާންމުކޮށް ރާއްޖެއިން ހާދިސާ ތަކުގައި މަރުވާ މީހުންގެ ޕޯސްޓް މޯޓަމް ހަދަނީ އިންޑިއާގެ ޓްރިވެންޑްރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް