ކުއްޖާ މަރާލި މައްސަލައިގައި ހިއުމަން ރައިޓްސް ކޮމިޓީން ކުއްލި ބައްދަލުވުމެއް

ރަހީނުކޮށްގެން ކުޑަ ކުއްޖަކު މަރާލާފައި އޮއްވައި ހުޅުމާލެއިން ފެނުނު މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ ބައްދަލުވުމެއް ފަށައިފިއެވެ. މިއަދުގެ 12:00ގަ...

22 Jun 2021 | 07:07

ރަހީނުކޮށްގެން ކުޑަ ކުއްޖަކު މަރާލާފައި އޮއްވައި ހުޅުމާލެއިން ފެނުނު މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ ބައްދަލުވުމެއް ފަށައިފިއެވެ.

މިއަދުގެ 12:00ގައި ފެށި މި ބައްދަލުވުމުގެ އެޖެންޑާގައި ވަނީ އުމުރުން 13 އަހަރުގެ ކުއްޖަކު ރަހީނުކުރުމަށް ފަހު މަރާލާފައިވާ ކަމަށް ބުނާ މައްސަލައާ ގުޅޭ ގޮތުން މަޝްވަރާ ކުރުމެވެ.

ރަހީނުކޮށް މަރާލާފައި އޮއްވާ ރޭ ފެނިފައިވަނީ ގދ. މަޑަވެއްޔަށް ނިސްބަތްވާ އުމުރުން 13 އަހަރުގެ ކުއްޖެއް ކަމަށް މައުލޫމާތު ލިބެއެވެ.

އެ ކުއްޖާ ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކުރީ މިދިޔަ އަދިއްތަ ދުވަހު އެވެ. އެކުއްޖާ މަރާލާފައި އޮއްވަ ފެނިފައިވަނީ ރޭ ދަންވަރު 2:30 ހާއިރު އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުއްޖާގެ ނަމަކީ ރާއިފް އަންވަރެވެ. އެކަމަކު އަދި ފުލުހުން ރަސްމީކޮށް މި މައުލޫމާތު ހާމައެއް ނުކުރެ އެވެ.

އެ ކުއްޖާ މަރާލާފައި އޮއްވަ ފެނުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީ މޫދުންނެވެ. މޫދުގައި ކުއްޖާ އޮތީ ފޮއްޓަކަށް ލާފަ އެވެ. އެ ކުއްޖާގެ ހަޑިގަނޑު މިހާރު ވަނީ އައިޖީއެމްއެޗަށް ގެންގޮސްފަ އެވެ. މި މައްސަލައިގަ ފުލުހުން ވަނީ ދެމީހަކު ހައްޔަރު ކޮށްފަ އެވެ. އެއީ އުމުރުން 17 އަހަރުގެ ކުއްޖަކާއި 27 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް